ކ. މާލެ
|
6 ސެޕްޓެންބަރ 2022 | އަންގާރަ 22:08
އިނގިރޭސި ވިލާތުގެ އައު ބޮޑުވަޒީރު ލިޒް ޓްރަސް
އިނގިރޭސި ވިލާތުގެ އައު ބޮޑުވަޒީރު ލިޒް ޓްރަސް
ރޮއިޓާސް
އިނގިރޭސި ބޮޑުވަޒީރު
އިނގިރޭސި ބޮޑުވަޒީރަށް ފޮނުވި ތަހުނިޔާގެ މެސެޖްތައް އެކަމަނާގެ ނަން ކިޔާ އެހެން މީހަކަށް
އެކި މީހުން ވަނީ އެ އަންހެން މީހާ ޓުވިޓަރގައި ޓެގްކޮށްފައި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރަސްއަށް ފޮނުވި ތަހުނިޔާގެ މެސެޖްތައް އެކަމަނާގެ ނަން ކިޔާ އެހެން މީހަކަށް ލިބިއްޖެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ލިޒް ހޮވިވަޑައިގަތުމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ވަނީ ތަހުނިޔާ ކިޔަން ފަށާފައެވެ. މި ދަނޑިވަޅުގައި ޓުވިޓަރގައި ލިޒް ޓްރަސްނަމަކަށް ކިޔާ އެހެން އަންހެނަކަށް ވެސް މީހުން ވަނީ ތަހުނިޔާގެ މެސެޖްތައް ފޮނުވަން ފަށާފައެވެ. އަދި އެކި މީހުން ވަނީ އެ އަންހެން މީހާ ޓެގްކޮށް، ތަހުނިޔާ ކިޔަން ފަށާފައެވެ. މިއާއެކު އެ އަންހެންމީހާ އަށް ލިބިގެން ދިޔަ ސަމާލުކަން، އޭނާއަށް ވީ މަޖާ ކަމަށެވެ.

މީހުން ފޮނުވި ތަހުނިޔާގެ މެސެޖުތަކަށް އެ އަންހެން މީހާ ވަނީ ޖަވާބު ވެސް ދީފައެވެ. އަދި އޭނަ އަކީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ނޫން ކަމަށް ވެސް ބުނެފައެއް ނުވެއެވެ. ސުވިޑަން އިން ނެރުނު ތަހުނިޔާގެ ބަޔާނަކަށް ވެސް އެ އަންހެން މީހާ ވަނީ ވަރަށް އަވަހަށް އެ ޤައުމަށް ދާނެ ކަމަށް ބުނެފައެވެ.

ބޮޑުވަޒީރު ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތައް ލިޒް ޓްރަސް އާއި ހަވާލު ކޮށްފައިވަނީ ސެޕްޓެންބަރު 6 ގައި ބޭއްވި ރަސްމިއްޔާތެއްގައި ރާނީ އެލިޒަބަތު އެވެ. އޮންނަ އުސޫލުގެ މަތިން ކުރިން ހުންނެވި ބޮޑުވަޒީރު ބޮރިސް ޖޯންސަން ރާނީ އަރިހަށް ވަޑައިގެން ރަސްމީކޮން މަގާމުން އިސްތިއުފާދެއްވުމަށް ފަހު ލިޒް ޓްރަސް ރާނީ އަރިހަށް ވަޑައިގަތުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް