ކ. މާލެ
|
6 ސެޕްޓެންބަރ 2022 | އަންގާރަ 19:12
ދިއްގަރު
ދިއްގަރު
އެމްޓީސީސީ
ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުން
ދިއްގަރުގެ އަލަށް ހިއްކި ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
މަސައްކަތް ހަވާލުކުރީ 210 ދުވަހުގެ ތެރޭގައި ނިންމާގޮތަށް
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 17.29 މިލިއަން ރުފިޔާއަށް

މ. ދިއްގަރުގެ ބިން ހިއްކުމުގެ މަޝްރޫއުގެދަށުން މިހާތަނަށް ހިއްކާފައިވާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

އަންގާރަ ދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދުއެވެ.

މި މަޝްރޫއުގެ ދަށުން 1470 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓިއުބް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެތޭގައި ނިންމާގޮތަށް 17.29 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީން އަންނަނީ މިހާރުވެސް ރާއްޖޭގެ އެކި ރަށްތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. މީގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރު ހެދުމާއި އެއަރޕޯޓް ތަރައްގީކުރުމާއި މަގުހެދުންފަދަ މަޝްރޫއުތައް ހިމެނެއެވެ.

- ކޮމެންޓް