Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2022 | ހޯމަ 00:45
ރައީސް މައުމޫން
ރައީސް މައުމޫން
ރާއްޖެއެމްވީ
އުމަރު ޒާހިރުގެ ޚިދުމަތްތައް
އުމަރު ޒާހިރު އަށް، ރައީސް މައުމޫންގެ ހިފެހެއްޓުމެއް ނެތް ތައުރީފް
އުމަރު ޒާހިރަކީ 50 އަހަރަށް ވުރެ ގިނަ ދުވަހު ޤައުމީ ޚިދުމަތުގައި މަސައްކަތްކުރެއްވި ބޭފުޅެއް
ގައުމަށް ބޭނުންވަނީ އުމަރު ޒާހިރު ފަދަ ނަމޫނާ އިޚުލާސްތެރި ބޭފުޅުން

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، އަލްމަރްޙޫމް ޢުމަރު ޒާހިރަކީ ނަމޫނާ ޚިދުމަތްތެެރި އެއް ކަަމަށާއި އެމަނިކުފާނަކީ ކުރެއްވި ކޮންމެ ކަމެއްވަރަށް ރަނގަޅަށް ކުރެއްވި ބޭފުޅެއް ކަަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

އުމަރު ޒާހިރުގެ ހަނދާނުގައި މައުމޫން ފައުނޑޭޝަނުން ތައްޔާރުކުރި ފޮތް ނެރެދެއްވުމަށް ފަހު ވާހަކަދައްކަވަމުން ރައީސް މައުމޫން ވަނީ އުމަރު ޒާހިރު އަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. އެގޮތުން އެމަނިކުފާނަކީ އަމާނާތްތެރި، އިޚުލާސްތެރި އަދި އަމާނާތްތެރި ބޭފުޅެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އުމަރު ޒާހިރުގެ ނަމޫނާ އާއި ޝަހުސިއްޔަތުން ނަމޫނާ ލިބިގެން ޤައުމަށް ޚިދުމަތް ކޮށްދޭނެ ބަޔަކު ބިނާ ކުރުމަކީ މައުމޫން ފައުންޑޭޝަނުގެ އެންމެ ބޮޑު އަމާޒު ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި އުމަރު ޒާހިރު ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގެ މަސައްކަތް ކުރެއްވީ ސަރުކާރުން ނުވަތަ ވަކި މީހަކު އަންގަވައިގެން ނޫން ކަމަށާއި އެކަން ކުރައްވަނީ އަމިއްލަފުޅަށް އިސްނަންގަވައިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި އަދު އުމަރު ޒާހިރު ދިރިހުންނެވި ނަމަ ކޮންތާކުތޯ ހުންނަވާނީ؟ ހުންނަވާނީ ހިޔާކޮށްފައި ހުރިތާކު ނޫނޭ އިނގޭތޯ. ހުންނަވާނީ މަގުމަތީގައި. ކޮންތާކުތޯ ފެންބޮޑުވެފައި އޮތީ، ކޮންތާކަށްތޯ އެހީތެރިކަން ބޭނުންވަނީ ބައްލަވަން
ރައީސް މައުމޫން

ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި އުމަރު ޒާހިރު އުމުރުފުޅުން 85 އަހަރުގައި އަވަހާރަވީ 2021 ވަނަ އަަހަރުގެ ޑިސެމްބަރު މަހުއެވެ. އެމަނިކުފާނު އަވަހާރަވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދަނިކޮށެވެ. 50 އަހަރަށް ވުރެ ގިނަ ދުވަހު ޤައުމީ ޚިދުމަތުގައި މަސައްކަތްކުރެއްވި އުމަރު ޒާހިރު އަކީ މާލޭ މުނިސިޕަލްޓީގެ ރައީސްކަމާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް، މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސަރވިސް، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަދި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސް ފަދަ މުހިންމު މަޤާމުތައް އަދާކުރެއްވި ޚިދުމަތްތެރިއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް