Advertisement
ކ. މާލެ
|
4 ސެޕްޓެންބަރ 2022 | އާދީއްތަ 00:59
ކަނޑުގަދަވާނެތީ ދަތުރުކުރުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އެދިފައި
ކަނޑުގަދަވާނެތީ ދަތުރުކުރުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އެދިފައި
ޔޫސުފް ސޮފްވާން ރަޝީދު
މޫސުން ގޯސްވުން
ކ. އަތޮޅުން އައްޑޫ ސިޓީއަށް ޔެލޯ އެލަރޓް ނެރެފި
ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ

ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ޔެލޯ އެލަރޓް ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ މި ސަރަހައްދަށް އެލަރޓް ނެރެފައިވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑު 11:00ން ފެށިގެން ފަތިހު 3:00 އަށެވެ.

Advertisement

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުން ގޯސްވެ ވިއްސާރަވާނެތީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިތީން ވެސް ވަނީ ބައެއް ކަންކަމަށް ސަލާމުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ވިއްސާރައިގެ ސަބަބުން އާންމުކޮށް ފެންބޮޑުވާ ރަށްރަށުން ފެންބޮޑުވެގެން ލިބިދާނޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅުއެޅުމަށާއި، ގަދަވައިގެ ސަބަބުން ލިބިދާނޭ ގެއްލުން ކުޑަ ކުރުމަށް ދުރާލާ ފިޔަވަޅުއެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ކަނޑު ދަތުރުކުރުމުގައި މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ކަނޑުމައްޗަށް ނުުކުންނަނަމަ، ސަލާމަތީ އާލާތްތައް ހަމައަށް ހުރިތޯއާއި މުވާސަލާތީ ނިޒާމް ރަނގަޅަށް މަސައްކަތް ކުރާކަން ކަށަވަރު ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް