މިއަންނަ އަހަރު ބޭއްވުމަށް ތާވަލުކޮށްފައިވާ އޭޝިއަން ކަޕް 2023 ހޯސްޓް ކުރުމަށް ބިޑް ނުކުރަން އޮސްތްރޭލިއާއިން ނިންމައިފިއެވެ.
އެންމެ ފުރަތަމަ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި އޮތީ ޗައިނާގައެވެ. ނަމަވެސް އެޤައުމުގެ ކޮވިޑުގެ ހާލަތު ގޯސްވުމުން އެޤައުމުގައި މުބާރާތް ނުބޭއްވޭނެކަމަށް ޗައިނާއިން ވަނީ އޭއެފްސީއަށް އަންގާފައެވެ. މިއާއެކު އޭއެފްސީން ވަނީ މުބާރާތް ހޯސްޓު ކުރާނެ ޤައުމެއް ކަނޑައެޅުމަށް ބިޑް ކުރުމަށް ހުޅުވާލާފައެވެ.
މުބާރާތް ބޭއްވުމަށް އޮސްޓްރޭލިއާގެ އިތުރުން ސައުތު ކޮރެއާ، އިންޑޮނޭޝިޔާ އަދި ގަތަރުންވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް އޮސްޓްރޭލިއާއިން ވަނީ މުބާރާތް ހޯސްޓު ކުރުމަށް ބިޑް ނުކުރަން ނިންމާފައިވާކަން ހުކުރު ދުވަހު އަންގާފައެވެ. ނަމަވެސް 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕް 2026 ހޯސްޓުުރުމަށް އެޤައުމުން ވަނީ ބިޑްކުރަން ނިންމާފައެވެ.
އޮސްޓްރޭލިއާއިން މިއަންނަ އަހަރުގެ މުބާރާތް ހޯސްޓު ކުރުމަށް ބިޑް ނުކުރަން ނިންމި ސީދާ ސަބަބު އެޤައުމުން ހާމަކޮށްފައެއް ނުވެއެވެ.