ކ. މާލެ
|
2 ސެޕްޓެންބަރ 2022 | ހުކުރު 08:48
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ރާއްޖެއެމްވީ
ލާމަރުކަޒީ ނިޒާމް
ލާމަރުކަޒު ވުމަކީ މާލެއަަށް އެންމެންގެ ދިރިއުޅުން ބަދަލުކޮށް އުސޫލެއް ނެތި އުޅުމެއް ނޫން: ޖާބިރު
 
ރަށްރަށުން ޚިދުމަތް ލިބެން އޮންނަ ޙާލަތްތަކުގައިވެސް އެތައް އާއިލާއެއް މާލެއަށް ބަދަލުވަމުންދޭ
 
ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގައި މައްސަލަތަކެއް އުޅޭ
 
ރާއްޖޭގެ ރަށްރަށުގައި ތިބެގެންވެސް ކުރެވިދާނެ ކަންކަން އެބަހުރި

ލާމަރުކަޒުވުމަކީ މާލެއަަށް އެންމެންގެ ދިރިއުޅުން ބަދަލުކޮށް، އުސޫލެއް ނެތި އުޅުމެއް ނޫންކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖާބިރު ވަނީ ރަށްރަށުގައި ތަރައްޤީގެ މަޝްރޫއުތައް ހިންގާއިރުވެސް ރަށްރަށުގައި މީހުން ހަރުނުލާ މައްސަލައަށް އަލިއަޅުވާލައްވާފައެވެ.

ޖާބިރު ވިދާޅުވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގައި މައްސަލަތަކެއް އުޅޭ ކަމަށާއި، އެތައް އާއިލާތަކެއް ރަށްރަށުން މާލެއަށް ބަދަލުވަމުންދާ ކަމަށެވެ.

މިލިއަނުން ޚަރަދު ކުރޭ ރަށްރަށަށް، ހިސާބު ދިމައެއް ނުވޭ ނޫންތޯ
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ޖާބިރު ވިދާޅުވީ، ރަށްރަށުން ޚިދުމަތް ލިބެން އޮންނަ ޙާލަތްތަކުގައިވެސް އެތައް އާއިލާއެއް މާލެއަށް ބަދަލުވަމުންދާ ކަމަށެވެ. ޖާބިރު ވަނީ އަތޮޅުތަކުގެ 1500 އެއްހާ ދަރިވަރުން ރަށްރަށުން ދިރިއުޅުން ބަދަލުކުރިކަމަށް ދާދި ފަހުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި ވާހަކަފުޅަށްވެސް އަލިއަޅުވާލައްވާފައެވެ.

ލާމަރުކަޒުވުމަކީ މާލެއަަށް އެންމެންގެ ދިރިއުޅުން ބަދަލުކޮށް، އުސޫލެއް ނެތި އުޅުމެއް ނޫންކަމަށް ޖާބިރު ވިދާޅުވިއެވެ. މިހާރުވެސް ރަށްރަށުގައި އެއަރޕޯޓުތައް ޤާއިމުކޮށްދެމުންދާކަން ޖާބިރު ފާހަގަކުރެއްވިއެވެ.

ކުޑަކުޑަ މައްސަލައެއް އަންނަނީ، މާލެއަށް ކާށިދޫ ކުދިން ކިޔަވަން ފޮނުވަން ޖެހޭ މައްސަލަ، މާލެއަށް އައިމަޔޯ ކިޔެވެނީ
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

މީގެ އިތުރުން، ރާއްޖޭގެ ރަށްރަށުގައި ތިބެގެންވެސް ކުރެވިދާނެ ކަންކަން އެބަހުރިކަމަށް ޖާބިރު ވިދާޅުވިއެވެ. އެގޮތުން އަމިއްލަ އުފެއްދުންތެރިކަން އިތުރު ކުރުމަށް ރާއްޖޭގެ ވަސީލަތްތައް ބޭނުން ކުރެވިދާނެކަމަށް ޖާބިރު ވިދާޅުވިއެވެ.

ސަރުކާރުން ރަށްރަށުގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންދާއިރުވެސް، އަތޮޅުތަކުން މީހުން ހިޖުރަކޮށް މާލެ ތޮއްޖެހެމުންދާ މައްސަލައިގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް، މި ނިޒާމު މިހާރަށްވުރެ ހަރުދަނާ ވާން ޖެހޭކަމަށް ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް