ކ. މާލެ
|
1 ސެޕްޓެންބަރ 2022 | ބުރާސްފަތި 12:28
ދިރާގުގައި މިއަދު ބޭއްވި އިވެންޓުގެ ތެރެއިން
ދިރާގުގައި މިއަދު ބޭއްވި އިވެންޓުގެ ތެރެއިން
ދިރާގު
އިންޓަރ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް
މިއަހަރުގެ އިންޓަރ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް މި މަހުގެ 17ގައި
 
މުބާރާތް މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް ދޭއްގައި އޮންނަ ސައިކްލިން ޓްރެކްގައި

މިއަހަރުގެ އިންޓަރ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް މި މަހުގެ 17 ގައި ބާއްވަން ނިންމައި، އިއުލާންކޮށްފިއެވެ.

ބައިކް މޯލްޑިވްސް އާއި ދިރާގާ ގުޅިގެން ބާއްވާ މުބާރާތުގެ ނަމަކީ، މަމެން އިންޓަރ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްއެވެ. މިއީ މި މުބާރާތް ބާއްވާ ހަތަރު ވަނަ އަހަރެވެ. އަދި ދިރާގާ ގުޅިގެން މުބާރާތް ބާއްވާ ތިން ވަނަ އަހަރެވެ. މި މުބާރާތް މީގެ ކުރިން 2020 ވަނަ އަހަރު ބާއްވަން ހަމަޖެއްސި ނަމަވެސް، ކޮވިޑް 19ގެ ސަބަބުން އެ އަހަރު މުބާރާތް ބޭއްވޭ ގޮތް ވަނީ ނުވެފައެވެ.

މިއަހަރުގެ މުބާރާތް ރަސްމީކޮށް އިއުލާން ކުރުމަށް ދިރާގު ހެޑް އޮފީހުގައި މިއަދު ވަނީ ޚާއްސަ ޕްރެސް ކޮންފަރެންސްއެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ވަނީ މުބާރާތް ކުރިއަށްދާނެ ގޮތް ހާމަކޮށްފައެވެ. އެގޮތުން މިއަހަރުގެ މުބާރާތް ކުރިއަށް ދާނީ ފަސް އުމުރު ފުރާއަކުން 10 އިވެންޓަކަށް ބަހާލައިގެންނެވެ. އެއީ 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށަށެވެ. މީގެ ތެރެއިން 11 އަހަރުން ދަށުގެ އުމުރުފުރާގައި ހިމެނެނީ، 1000 މީޓަރުގެ ފަން ރައިޑް އެކަންޏެވެ. 13 އަހަރާއި 15 އަހަރުގެ އުމުރުފުރާ ތަކުގައި ހިމެނެނީ - 200 މީޓަރު ސްޕްރިންޓް، 1000 މީޓަރުގެ ރައިޑްއެވެ. އަދި 17 އަހަރާއި 19 އަހަރުގެ އުމުރުފުރާގައި ހިމެނެނީ، 200 މީޓަރުގެ ސްޕްރިންޓާއި 3000 މީޓަރުގެ ރައިޑްއެވެ. ދެން ކުރިއަށް ދާނީ 3000 މީޓަރުގެ ޓީމް ޕާރސޫޓްއެވެ.

މި މުބާރާތް މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް ދޭއްގައި އޮންނަ ސައިކްލިން ޓްރެކްގައެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ސްކޫލްތަކަކަށް ހުޅުވާލެވިފައިވާއިރު، ބައިވެރިވުމުގެ ސުން ގަޑިއަކީ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް