ކ. މާލެ
|
30 އޯގަސްޓް 2022 | އަންގާރަ 10:21
ބަޔާންގެ ކުޅުންތެރިން
ބަޔާންގެ ކުޅުންތެރިން
ބަޔާން މިއުނިކް
ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް މާނޭ އާއި މަޒްރައޮއީއަށް
 
ބަޔާންގެ ކުޅުންތެރިން ޕައުލަނާ ބްރޭންޑުގެ ބިޔަރު ތައްޓާއެކު ފޮޓޯ ނެގިއިރު، މާނޭ އާއި މަޒްރައޮއީ ތިބީ ހުސްއަތާ

ފުޓުބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ބަޔާން މިއުނިކްގެ ސަޑިއޯ މާނޭ އާއި ސޭރް މަޒްރައޮއީ އަށް ތައުރީފުކޮށްފިއެވެ.

ގިނަ ބަޔަނު މި ދެ ކުޅުންތެރިންނަށް ތައުރީފުކޮށްފައި ވަނީ ބަޔާނުން އެ ޓީމުގެ ސަގާފީ ފޮޓޯ ނެގުމަށްފަހު އާންމު ކުރުމުންނެވެ. އެ ފޮޓޯގައި ބަޔާންގެ ކުޅުންތެރިން ތިބީ ބިޔަރު ތަށިތަކެއް ހިފައިގެންނެވެ. މިއީ ބަޔާނުން އާންމު ގޮތެއްގައި ޓީމުގެ ހުރިހާ ކުޅުންތެރިން ހިމެނޭ ގޮތަށް ނަގާ ފޮޓޯއެކެވެ. އެ ފޮޓޯގައި ބަޔާންގެ 31 ކުޅުންތެރިން ތިއްބެވެ.

މި ފޮޓޯއިން ވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ މާނޭ އާއި މަޒްރައޮއީ އަށެވެ. ސަބަބަކީ އެ ދެ ކުޅުންތެރިން ތިބީ ބިޔަރު ތައްޓާ ނުލައި، ހުސްއަތާ ފޮޓޯއަށް ހުއްޓިގެންނެވެ. މާނޭ އާއި މަޒްރައޮއީ އަކީ މުސްލިމް ދެ ކުޅުންތެރިންނެވެ. ބިޔަރަކީ އިސްލާމްދީނުގައި ޙަރާމް ކޮށްފައިވާ އެއްޗަކަށްވާތީ، އެ ދެ ކުޅުންތެރިން ފޮޓޯގައި ބައިވެރިވެފައިވަނީ ބިޔަރު ތައްޓާ ނުލައެވެ.

މާނޭ އާއި މަޒްރައޮއީ ފިޔަވައި ދެން ތިބި ކުޅުންތެރިން ހިފައިގެން ތިބި ބިޔަރަކީ ޕައުލަނާ ނަމަކަށް ކިޔާ ބިޔަރެކެވެ. އެއީ މީގެ އެތައް އަހަރެއް ކުރިން، 1634 ގައި އުފައްދާފައިވާ ބިޔަރެކެވެ. ޖަރުމަނުގައި އުފައްދާފައިވާ މި ބްރޭންޑުގެ ބިޔަރާއި ބަޔާންއާ ގާތް ގުޅުމެއް އޮވެއެވެ. ބަޔާނުން ބޮޑެތި ކާމިޔާބީތައް ފާހަގަކުރުމުގައި ޕައުލަނާ ބޭނުން ކުރެއެވެ.

މާނޭ އާއި މަޒްރައޮއީ ބަޔާނަށް ބަދަލުވީ މިއަހަރުގެ ތެރޭގައެވެ. ލިވަޕޫލް ދޫކޮށް މާނޭ ބަޔާނަށް ބަދަލުވީ ޖޫން މަހުގެ ތެރޭގައެވެ. މަޒްރައޮއީ ބަޔާނަށް ބަދަލުވީ އަޔެކްސް ދޫކޮށްލުމަށްފަހު މެއި މަހުގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް