ކ. މާލެ
|
29 އޯގަސްޓް 2022 | ހޯމަ 20:26
ގާސިމް އިބްރާޙީމް
ގާސިމް އިބްރާޙީމް
ރާއްޖެއެމްވީ
ޖޭޕީ ކޮންގްރެސް
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ޑިސެމްބަރުގައި ބާއްވަނީ
އެ ޕާޓީގެ ރަށު ގޮފިތައް އަސާސީ ގަވާއިދާ އެއްގޮތަށް ފުރިހަމަކުރުމަށް ކޮމިޓީއެއް ވަނީ އެކުލަވާލާފައި
ޖޭޕީގެ ގޮފިތައް ހެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ގައުމީ ޖަލްސާ ނުވަތަ ގައުމީ ކޮންފަރެންސް މިއަހަރުގެ ޑިސެމްބަރުގައި ބާއްވަން ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީން ބުނީ ކޮންގްސް ބޭއްވުމަށް ވާންޖެހޭ މުހިންމު ތައްޔާރީތައް އެ ޕާޓީގެ ސެކްރެޓޭރިއޭޓުން ފަށާފައިވާކަމަށެވެ.

‎މިގޮތުން ޖުމްހޫރީ ޕާޓީގެ 146 ވަނަ ކައުންސިލް ބައްދަލުވުމުގައި، ޕާޓީގެ ގައުމީ ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުހިއްމު އެއް މަސައްކަތްކަމުގައިވާ ޕާޓީގެ ރަށު ގޮފިތައް އަސާސީ ގަވާއިދާ އެއްގޮތަށް އެކުލަވާލައި ފުރިހަމަކުރުމަށްޓަކައި 7 މެންބަރުންގެ ވަގުތީ ކޮމެޓީއެއް ނަގާފައިވާކަމަށް އެ ޕާޓީން ބުނެއެވެ.

‎މީގެ އިތުރުން ޕާޓީގެ ގޮފިތައް ހެދުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށާއި، އަދި މިކަމާއި ގުޅޭގޮތުން ޕާޓީ ރަޖިސްޓްރާގެ އޮފީހުންނާއި ޕާޓީގެ އިދާރާއިން އެމައުލޫމާތެއް ލިބެންހުންނާނެ ކަމަށް ޖޭޕީން ބުނެއެވެ.

ޕާޓީގެ މިދެންނެވި މަސައްކަތް ކުރުމަށް އެންމެހާ ބޭފުޅުންނަށް ފުރުސަތު އޮންނާނެ. އަދި މިކަމަށްޓަކާ ރަށްރަށަށް ދަތުރު ކުރުމާ، ޕާޓީ ޕްރޮމޯޓް ކުރުމާ، މީހުން ބާރުވެރިކުރުމަށް މަސައްކަތްކުރުމަށް ޕާޓީގެ އެންމެހާ ބޭފުޅުންނަށްވެސް ފުރުސަތު ފަހިވެފަ އޮންނާނެ.
ޖުމްހޫރީ ޕާޓީ

ސިޔާސީ ގޮތުން ޖޭޕީން ނިންމާ މުހިއްމު ނިންމުންތަކަށް ކޮށާލެވޭ މަގަކަށް އެ ކޮންފަރެންސް ވާނެކަމަށް، އެންމެފަހުން ޖޭޕީން ކުނޫޒުގައި ބޭއްވި "ތައްޔާރު" ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ. އަދި ރިޔާސީ އިންތިޚާބަށް އެ ޕާޓީން ކެންޑިޑޭޓަކު ނެރޭނެކަންވެސް ގާސިމް ވަނީ އިއުލާނުކުރައްވާފައެވެ.

- ކޮމެންޓް