ކ. މާލެ
|
29 އޯގަސްޓް 2022 | ހޯމަ 18:55
ޖަސްޓިސް ބިލްޑިންގ
ޖަސްޓިސް ބިލްޑިންގ
ރާއްޖެއެމްވީ
ސިވިލް ކޯޓު
ސިވިލް ކޯޓުގެ ގާޒީގެ މަގާމަށް 8 މީހަކު ކުރިމަތިލައިފި
 
ސިވިލް ކޯޓުގެ ގާޒީއެއްގެ އަސާސީ މުސާރައަކީ މަހަކު 30,000.00 ރުފިޔާ
 
މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މިމަހުގެ 15 ގައި

ސިވިލް ކޯޓުގެ ގާޒީގެ މަގާމަށް 8 މީހަކު ކުރިމަތިލައިފިއެވެ.

ސިވިލް ކޯޓަށް ގާޒީއަކު ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކުރީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މި މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހޯމަ ދުވަހު ހަމަވެފައިވާއިރު ޖޭއެސްސީން ބުނީ މި މަގާމަށް 8 މީހަކު ކުރިމަތިލާފައިވާކަމަށެވެ. އެއީ:

  1. ޢަލީ ނަޞީރު / ގާޑެނިޔާވިލާ، ބ.ކިހާދޫ
  2. ޢަބްދުﷲ ޒާހިރު / ދަފްތަރު، ނަންބަރު ރސ 9175، ކ.މާލެ
  3. މުޙައްމަދު ވިދާން ޝާކިރު / ހ.ހުދުފިނިފެންމާގެ، ކ.މާލެ
  4. އާދަމް ޛާލިފް / އޯކިޑުމާގެ، ގއ.ގެމަނަފުށި
  5. ޢަލީ ނަދީމް / ހ.ގްލޯރިއޯސާ 2، ކ.މާލެ
  6. ނަފީލު މުޙައްމަދު / ލަކީހޯމް، ގއ.ދާންދޫ
  7. ސިނާން ޢަލީ / ސަންޑަލްވޫޑް، ގދ.ފިޔޯރީ
  8. އަޙްމަދު މަޢުޞޫމް / ހަވީރީމަންޒިލް، ލ.މާބައިދޫ

ސިވިލް ކޯޓުގެ ގާޒީއެއްގެ އަސާސީ މުސާރައަކީ މަހަކު 30,000.00 ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސް ގޮތުގައި މަހަކު 15,000.00 ރުފިޔާ ލިބޭއިރު، ރިސްކް އެލަވަންސް ގޮތުގައި މަހެއްގެ މައްޗަށް 1،650.00 ރުފިޔާ ލިބެއެވެ.

އޭގެ އިތުރުން، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުންް ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އާއި ފޯނު އެލަވަންސް ލިބޭނެކަމަށްވެސް ޖޭއެސްސީ އިން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
"ވަގަށް މަސްވެރިކަންކޮށްގެން އިންޑިއާގެ ބޯޓެއް ކުރި ޖޫރިމަނާ މަޢާފުކުރީ ރައީސް އޮފީހުގެ ސިޓީއަކުން"
ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ބަލައިދިނުމަށް ޖޭއެސްސީއަށް ހުށަހަޅާނަން - އަސްލަމް
ޣައިރު ހާޒިރުގައި، ދަރަންޏެއް ސާބިތުވާގޮތަށް ކަނޑައެޅީ ސިޔާސީ މަގުސަދެއްގައި - މެމްބަރު އިސްމާއީލް
އެކްސްކްރޯ އެކައުންޓުގައި ހުރި 1 މިލިއަން ޑޮލަރު ހޯދުމަށް ޔާމީނު ހުށަހެޅުއްވި މައްސަލަ ބެލޭނެކަމަށް ނިންމުމުން، ބޭންކުން ހައިކޯޓަށް
މިއިން ޒަމާނެއްގައި އިންވެސްޓް ނުކުރާ ވަރަށް 2019 ވަނަ އަހަރުން ފެށިގެން ކޯޓުތަކަށް ދަނީ އިންވެސްޓް ކުރަމުން: ޙިސާން
ޝަރީއަތްތަކުގައި ދެކެވޭ ވާހަކަތައް ވަގުތުން ލިއުމަށް ތިރިކުރުމަށް "ކޭލި" ސޮފްޓްވެއަރ އިފްތިތާހުކޮށްފި
އަލަށް ވުޖޫދުވާ ޤާނޫނުތަކަށް އަހުލުވެރިނުވެ އެންމެ ރަނގަޅަށް އިންސާފު ޤާއިމުނުކުރެވޭނެ: ފަނޑިޔާރު ނިޔާޒް
މެޖިސްޓްރޭޓު ކޯޓުތަކަށް ހަތް ފަނޑިޔާރުން އައްޔަންކޮށްފި