ކ. މާލެ
|
29 އޯގަސްޓް 2022 | ހޯމަ 18:57
ރޯޝަނީ ބިލްޑިންގ
ރޯޝަނީ ބިލްޑިންގ
ގޫގުލް
ރާއްޖެއަށް ބިންހެލުމެއްގެ އަސަރުކުރުން
ރޯޝަނީ ބިލްޑިންގއަށް ބިންހެލުމުގެ އަސަރުކުރީ ބިލްޑިން އިމާރާތްކޮށްފައިވާ ގޮތުން ކަމަށް ވެދާނެ: މެޓް އޮފީސް
6.0 މެގްނިޓިއުޑްގެ މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފައި ވަނީ ހޯމަ ދުވަހުގެ 8:29ހާއިރު
ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދޭނެކަަމަށް ލަފައެއްނުކުރެވޭ

އިންޑޮނޭޝިއާއަށް އައި ބިންހެލުމުގެ އަސަރު ރޯޝަނީ ބިލްޑިންގއަށް ކުރީ، އިމާރާތްކޮށްފައިވާ ގޮތުން ކަމަށްވުން އެކަށީގެންވާކަމަށް މޫސުމާބެހޭ އިދާރާއިން ބުނެފިއެވެ.

ރާއްޖެ އެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، މޫސުމާބެހޭ އިދާރާގެ އެސިސްޓެންޓް ފޯކާސްޓަރ ހުސައިން ވަހީދު ވިދާޅުވީ ބިންހެލުމުގެ އަސަރުކުރިކަން ރިޕޯޓްކޮށްފައިވަނީ ރޯޝަނީ ބިލްޑިންގއިން އެކަނި ކަަމަށެވެ. މެޓް އޮފީހުން ވަނީ ހޯމަ ދުވަހުގެ ހެނދުނު ރާއްޖެއަށް ކޮށްފައިވާ ކަމަށާއި، އެހެންނަމަވެސް އެ ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދޭނެކަަމަށް ލަފާނުކުރެވޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. މޫސުމާބެހޭ އިދާރާއިން ބުނިގޮތުގައި 6.0 މެގްނިޓިއުޑްގެ މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފައިވަނީ ހޯމަ ދުވަހުގެ 8:29ހާއިރެވެ. އާއްމުކޮށް މި މެގްނިޓިއުޑްގެ ބިންހެލުންތަކުގެ އަސަރު ރާއްޖެއަށް ނުފޯރާކަން މެޓްއޮފީހުން ފާހަގަކޮށްފައިވެއެވެ.

މި ބިން ހެލުމުގެ އަސަރުކުރުމުގެ ސަބަބުން ހެލްތު މިނިސްޓްރީ ހިންގަމުންދާ ރޯޝަނީ ބިލްޑިންގ ވަނީ ހުސްކޮށްފައެވެ. އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި މި ބިންހެލުން އައިސްފައި ވަނީ ރާއްޖެއާ 2854 ކިލޯމީޓަރު ދުރުންނެވެ. އިންޑޮނޭޝިއާއަށް ބިންހެލުމެއް އައިސްފައިވަނީ ސުމަޓްރާގެ މެންޓަވާއީ ރަށްތައް ކައިރިންނެވެ. މިހާތަނަށް އައިއިރު މި ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުން ލިބިގެން ރިޕޯޓްކޮށްފައެއްނުވެއެވެ. އަދި އިންޑޮނޭޝިއާގެ އިތުރު ދެ ސަރަހައްދަކަށް ބިންހެލުން ވަނީ އައިސްފައެވެ.

- ކޮމެންޓް