ކ. މާލެ
|
29 އޯގަސްޓް 2022 | ހޯމަ 16:18
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީ
ގާސިމް އެޑްމިޓުކުރުން
ގާސިމް ރޫޓިން ޗެކަޕަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ގާސިމްގެ ހާލުކޮޅު ރަނގަޅު
މުހިންމު ޓެސްޓުތަކެއް ހަދާނެ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފިއެވެ.

"ރާއްޖެއެމްވީ"އާ ވާހަކަފުޅުދައްކަވަމުން ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕަރސަން އަލީ ސާލިހު ވިދާޅުވީ، ރޫޓިން ޗެކަޕެއް ހެއްދެެވުމަށް ގާސިމް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާކަމަށެވެ. އެޑްމިޓުކޮށް، މުހިންމު ޓެސްޓުތަކެއް ހަދާނެ ކަމަށް އަލީ ސާލިހު ވިދާޅުވިއެވެ.

ގާސިމްގެ ހާލުކޮޅު ރަނގަޅު ކަމަށާއި، އަދި މިވަގުތު އިތުރު ތަފްސީލު ދެވެން ނެތް ކަމަށް އަލީ ސާލިހު ވިދާޅުވިއެވެ.

ސިއްހީ ހާލުކޮޅު ދެރަވެގެން މީގެ ކުރިން ގާސިމް ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް