Advertisement
ކ. މާލެ
|
29 އޯގަސްޓް 2022 | ހޯމަ 10:32
ރާއްޖެ އަށް ބިންހެލުމުގެ އަސަރުކުރުން
ރާއްޖެ އަށް ބިންހެލުމުގެ އަސަރުކުރުން
މެޓް އޮފީސް
ރާއްޖެއަށް ބިންހެލުމުގެ އަސަރުކުރުން
ބިންހެލުމުގެ އަަސަރު ރާއްޖެއަށް ކުރި ނަމަވެސް ސުނާމީއެއް އުފެދޭނެ ކަމަށް ލަފާނުކުރެވޭ!
ބިންހެލުމުގެ އަސަރުކޮށް ރޯޝަނީ ބިލްޑިންގ ވަނީ ހުސްކޮށްފައި
ބިންހެލުން އައިސްފައި ވަނީ ރާއްޖެ އާއި 2854 ކިލޯމީޓަރު ދުރުން
ބިންހެލުމުގެ އަސަރު ރާއްޖެ އަށް ކޮށްފައި ވަނީ ހޯމަ ދުވަހުގެ 08:29ހާއިރު

އިންޑޮނޭޝިއާއަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެ ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދޭނެ ކަަމަށް ލަފާ ނުކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާއި ބެހޭ އިދާރާއިން ބުނި ގޮތުގައި 6.0 މެގްނިޓިއުޑްގެ މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފައި ވަނީ ހޯމަ ދުވަހުގެ 08:29ހާއިރެވެ. މި ބިން ހެލުމެއްގެ އަސަރުކުރުމުގެ ސަބަބުން ހެލްތު މިނިސްޓްރީ ހިންގަމުންދާ ރޯޝަނީ ބިލްޑިންގ ވަނީ ހުސްކޮށްފައެވެ. އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި މި ބިންހެލުން އައިސްފައި ވަނީ ރާއްޖެ އާއި 2854 ކިލޯމީޓަރު ދުރުންނެވެ.

Advertisement

އިންޑޮނޭޝިއާ އަށް ބިންހެލުމެއް އައިސްފައިވަނީ ސުމަޓްރާގެ މެންޓަވާއީ ރަށްތައް ކައިރިންނެވެ. މިހާތަނަށް އައި އިރު މި ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުން ލިބިގެން ރިޕޯޓްކޮށްފައެއް ނުވެއެވެ. އަދި އިންޑޮނޭޝިއާގެ އިތުރު ދެ ސަރަހައްދަކަށް ބިންހެލުން ވަނީ އައިސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް