ކ. މާލެ
|
28 އޯގަސްޓް 2022 | އާދީއްތަ 21:34
އެޑިސަން ކަވާނީ
އެޑިސަން ކަވާނީ
-
ސަމަރ ޓްރާންސްފަރ
ވެލެންސިޔާއިން ކަވާނީ ހޯދުމާ ގާތަށް
 
ކަވާނީ ހޯދުމަށް ހުށަހަޅާފައިވަނީ ދެއަހަރުގެ ބިޑެއް

ސްޕެއިންގެ ވެލެންސިޔާއިން، އުރުގުއޭގެ ފޯވާޑު އެޑިސަން ކަވާނީ ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

ކަވާނީ ހޯދުމަށް ވެލެންސިޔާއިން މިހާރު ވަނީ ރަސްމީ ޕްރޮޕޯސަލް ފޮނުވާފައެވެ. އެޓީމުން ކަވާނީ ހޯދުމަށް ހުށަހަޅާފައިވަނީ ދެއަހަރުގެ ބިޑެކެވެ. ރިޕޯޓުތައް ބުނާގޮތުން މިހާރު ދެފަރާތުގެ މެދުގައި ކުރިއަށްދަނީ އެންމެ ފަހުގެ ނިންމުންތަކާ ގުޅޭގޮތުން ކުރިއަށްގެންދާ މަޝްވަރާތަކެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަސްތެރޭގައި ކަވާނީ ވެލެންސިޔާއަށް ބަދަލުވާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ވެލެންސިޔާއިން ކަވާނީ ހޯދުމާ ގާތަށް ޖެހިލީ ރެއާލް ސޮސެއިޑާޑުންވެސް އޭނާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. ރެއާލް ސޮސެއިޑާޑުން ކަވާނީ ހޯދުމަށް ހުށަހަޅާފައިވަނީ އެއް އަހަރުގެ ކޮންޓްރެކްޓެކެވެ.

ފާއިތުވި ދެސީޒަންގައި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ކަވާނީ މިހާރު ވަނީ އެޓީމު ދޫކޮށްލާފައެވެ. ޕަލޭމޯއާއި ނަޕޯލީއަށްވެސް ކުޅުނު ކަވާނީގެ އެންމެ ކާމިޔާބު ކްލަބު ފުޓްބޯޅައިގެ ދުވަސްތައް ހޭދަކުރީ ފްރާންސްގެ ޕީއެސްޖީގައެވެ. 2013 ވަނަ އަހަރުން ފެށިގެން 2020ގެ ނިޔަލަށް އޭނާ ވަނީ ޕީއެސްޖީއަށް ކުޅެފައެވެ. މި މުއްދަތުގެ ތެރޭގައި ކަވާނީ ވަނީ ޕީއެސްޖީއަށް 200 މެޗު ކުޅެދީ، 138 ލަނޑު ޖަހާފައެވެ.

އުމުރުން 35 އަހަރުގެ ކަވާނީ ވަނީ އުރުގުއޭގެ ގައުމީ ފުޓްބޯޅަ ޓީމުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އުރުގުއޭ ޓީމުގެ ކެޕްޓަންކަންވެސް ކުރި ކަވާނީ ގައުމީ ސީނިއަރ ޓީމަށް އެންމެ ފުރަތަމަ ކުޅުނީ 2008 ވަނަ އަހަރުއެވެ. އުރުގުއޭ ޓީމަށް 133 މެޗު ކުޅެދީ، ކަވާނީ ވަނީ 58 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް