ކ. މާލެ
|
6 އޮކްޓޯބަރ 2024 | އާދީއްތަ 08:52
ބޮކާ ޖޫނިއާސްގެ އެއްބަސްވުމުގައި ކަވާނީ ސޮއި ކުރަނީ
ބޮކާ ޖޫނިއާސްގެ އެއްބަސްވުމުގައި ކަވާނީ ސޮއި ކުރަނީ
ގޯލް.ކޮމް
ބޮކާ ޖޫނިއާސް
ބޮކާ ޖޫނިއާސްގެ އެއްބަސްވުން ކަވާނީ އައު ކޮށްފި
އެހެންކަމުން އެ ކުލަބާ އެކު މިހާރު ކަވާނީ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ދަށުން، 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި ހުންނާނެ އެވެ.

އާޖެންޓީނާގެ ބޮކާ ޖޫނިއާސް އަށް ކުޅެމުން އަންނަ އުރުގުއޭގެ އެޑިންސަން ކަވާނީ، އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފި އެވެ.

ވެލެންސިއާ ދޫކޮށްލުމަށްފަހު، އުމުރުން 37 އަހަރުގެ ކަވާނީ ބޮކާ ޖޫނިއާސް އަށް ބަދަލުވީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކުރީ އެއް އަހަރާ ބައިގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މި ހިނގާ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަަލަށެވެ. ނަމަވެސް، އެއްބަސްވުން ހަމަވުމުގެ ކުރިން ކަވާނީ ވަނީ އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފަ އެވެ.

ބޮކާ ޖޫނިއާސްގެ އެއްބަސްވުން ކަވާނީ އައު ކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެހެންކަމުން އެ ކުލަބާ އެކު މިހާރު ކަވާނީ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ދަށުން، 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި ހުންނާނެ އެވެ. ބޮކާ ޖޫނިއާސް އަކީ ކަވާނީގެ ކުލަބު ކެރިއަރުގައި އޭނާ ކުޅެމުން އަންނަ ހަތް ވަނަ ކުލަބެވެ.

ކަވާނީ ވަނީ މިހާތަނަށް ބޮކާ ޖޫނިއާސް އަށް ކުޅެދިން 43 މެޗުން 20 ލަނޑު ޖަހައިފަ އެވެ. އުރުގުއޭގެ ޑަނުބިއޯ އިން ސީނިއާ ކެރިއަރު ފެށި ކަވާނީ ވަނީ ނަޕޯލީ، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)، މެންޗެސްޓަރ ޔުނައިޓެޑު އަދި ވެލެންސިއާ އަށް ވެސް ކުޅެފަ އެވެ. ކަވާނީ ވަނީ އުރުގުއޭ ޤައުމީ ޓީމުގައި ވެސް ކުޅެފަ އެވެ. ޤައުމީ ޓީމަށް 136 މެޗު ކުޅެދީ 58 ލަނޑު ޖެހުމަށްފަހު، މިއަހަރުގެ ތެރޭގައި ކަވާނީ ވަނީ ޤައުމީ ޓީމުން ރިޓަޔާވާން ނިންމައިފަ އެވެ.

- ކޮމެންޓް