ކ. މާލެ
|
28 އޯގަސްޓް 2022 | އާދީއްތަ 08:07
ފީފާގެ ރައީސް އަދި އޭއައިއެފްއެފްގެ ރައީސްކަމުން ދުރުކުރި ޕަޓޭލް
ފީފާގެ ރައީސް އަދި އޭއައިއެފްއެފްގެ ރައީސްކަމުން ދުރުކުރި ޕަޓޭލް
ޓްވިޓަރ
އޭއައިއެފްއެފް
ފީފާއިން އެންގި ކަންތައްތައް އިސްލާހުކުރުމުން އިންޑިއާގެ ސަސްޕެންޝަން އުވާލައިފި
 
ސަސްޕެންޝަން އުވާލާފައިވަނީ އޭއައިއެފްއެފްގެ ހިންގުން އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ގަވާއިދާ އެއް ގޮތަށް ހިނގާކަމުގެ ޔަގީންކަން ލިބުމުން

ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވާކަމަށް ބުނެ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ސަސްޕެންޑުކޮށްފައިވާ އޯލް އިންޑިއަން ފުޓުބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ސަސްޕެންޝަން އުވާލައިފިއެވެ.

ފީފާއިން އަންގާފައިވާ ކަންކަން އިސްލާހުކުރުމާއެކު އޭއައިއެފްއެފްގެ ސަސްޕެންޝަން އުވާލާފައިވަނީ ހޮނިހިރު ދުވަހުއެވެ. ފީފާއިން އިންޑިއާ ސަސްޕެންޑު ކުރީ އޭއައިއެފްއެފްގެ ރައީސް ކަމުގެ މަގާމުގައި ހުރި ޕްރަފުލް ޕަޓޭލް އާއި އޭނާގެ އެކްސްކޯ މަގާމުން ދުރުކުރަން ނިންމާފައި ވަނިކޮށެވެ. އެއަށްފަހު ސުޕްރީމް ކޯޓުން ވަނީ އެއިދާރާގެ ހިންގުން އެޑްމިނިސްޓްރޭޓިވް ކޮމެޓީއަކާ ހަވާލުކޮށްފައެވެ. އެ ކޮމެޓީ ވެސް އެކުލަވާލީ ސުޕްރީމް ކޯޓުންނެވެ.

އެކަން އެގޮތަށް އޮއްވާ ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވާކަމަށް ބުނެ ފީފާ އިން ވަނީ މި މަހުގެ 15 ވަނަ ދުވަހު އިންޑިއާ ސަސްޕެންޑުކޮށްފައެވެ. ސަސްޕެންޝަނާއެކު އިންޑިއާގެ ފުޓުބޯޅަ އަށް ދިމާވި އުނދަގޫ ހާލަތަން އަރައިގަތުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ ންގުން ހަވާލުކޮށްފައިވާ އެޑްމިނިސްޓްރޭޓިވް ކޮމެޓީގެ މަސައްކަތްތައް ނިމުމަކަށް ގެނެސް، އެ ކޮމެޓީ އުވާލަން ނިންމާފައެވެ.

ފީފާއިން ހާމަކޮށްފައިވާ ގޮތުގައި ސަސްޕެންޝަން އުވާލާފައިވަނީ އޭއައިއެފްއެފްގެ ހިންގުން އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ގަވާއިދާ އެއް ގޮތަށް ހިނގާކަމުގެ ޔަގީންކަން ލިބުމުން ކަމަށެވެ. އަންނަ މަހުގެ ތެރޭގައި އޭއައިއެފްއެފްގެ އިންތިޚާބު ބާއްވާއިރު، ފީފާއިން ވަނީ އޭއައިއެފްއެފްގެ ހާލަތު ގާތުން ބަލާނެ ކަމަށް ވެސް ބުނެފައެވެ.

މިއާއެކު ކުރިން އެ ގައުމުގައި ބާއްވަން ނިންމާފައިވާ 17 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕް ވެސް ތާވަލާ އެއް ގޮތަށް ކުރިއަށް ގެންދާނެ ކަމަށް ފީފާއިން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް