ކ. މާލެ
|
28 އޯގަސްޓް 2022 | އާދީއްތަ 07:34
ޖަރުމަނު ލީގުގައި ކުޅުނު މެޗުގެ ތެރެއިން
ޖަރުމަނު ލީގުގައި ކުޅުނު މެޗުގެ ތެރެއިން
ޖަރުމަނު ލީގު
ބާލިން އަތުން ބޮރޫޝިއާ ޑޯޓްމަންޑަށް ހަނި މޮޅެއް
 
ބާލިންގެ ދަނޑުގައި ކުޅުނު މެޗުން ޑޯޓްމަންޑް މޮޅުވީ 1-0 އިން

ޖަރުމަނު ލީގުގައި ހާތާ ބާލިންއާ ދެކޮޅަށް ކުޅުނު މެޗުން ބޮރޫޝިއާ ޑޯޓްމަންޑް ހަނި ގޮތަކަށް މޮޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބާލިންގެ ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗުން ޑޯޓްމަންޑް މޮޅުވީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޑޯޓްމަންޑަށް ޖަަހައިދިނީ 32 ވަނަ މިނެޓުގައި އެންތަނީ މޮޑެސްޓޭއެވެ. އިތުރު ލަނޑު ޖެހުމަށް ޑޯޓްމަންޑުން ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

މިއީ ޖަރުމަނު ލީގުގައި ޑޯޓްމަންޑުން ކުޅުނު ހަތަރު ވަނަ މެޗެވެ. އޭގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ. ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ޑޯޓްމަންޑް އޮތީ ތާވަލްގެ ފަސް ވަނަ މަގާމުގައެވެ. އެއް ވަނަ މަގާމުގައި އޮތް ބަޔާން މިއުނިކަށް ލިބެނީ ހަތަރު މެޗުން 10 ޕޮއިންޓެވެ.

ލީގުގައި ޑޯޓްމަންޑަށް ދެން އޮތީ އަންނަ މަހުގެ ދެ ވަނަ ދުވަހު ހޮފެންހަމާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް