ކ. މާލެ
|
27 އޯގަސްޓް 2022 | ހޮނިހިރު 18:14
ޕްރެކްޓިސް ޕާލަމަންޓް ފޯރ ޔޫތު ނިންމުމުގެ ރަސްމިއްޔާތު
ޕްރެކްޓިސް ޕާލަމަންޓް ފޯރ ޔޫތު ނިންމުމުގެ ރަސްމިއްޔާތު
ރައްޔިތުންގެ މަޖިލިސް
ޕްރެކްޓިސް ޕާލަމަންޓް ފޯރ ޔޫތު
ޕްރެކްޓިސް ޕާލަމަންޓް ފޯރ ޔޫތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
މި ޕްރޮގްރާމުގައި 25 ޒުވާނުން ބައިވެރިވެފައިވޭ

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ޒުވާނުން އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދިޔަ "ޕްރެކްޓިސް ޕާލަމަންޓް ފޯރ ޔޫތު" ޕްރޮގްރާމް ނިންމާލައިފިއެވެ.

މިފަހަރުގެ ޕްރޮގްރާމުގައި 25 ޒުވާނުން ބައިވެރިވެފައިވާއިރު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 21 އޮގަސްޓުން ފެށިގެން 27 އޮގަސްޓަށެވެ. މި ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން, އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއަރޒް އެންޑް ޓްރޭޑްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވީ، ޕްރޮގްރާމުގައި ބައިވެރިވި ޒުވާނުންނަށް ވަރަށް ގިނަ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ. ކޮންމެ މީހަކުވެސް އަޒުމެއް ކަނޑައަޅައި، ކުރިއަތް އޮތްތަނުގައި މަޖިލީހުގެ ގޮނޑިއަކުން ފެނުމަކީ އުންމީދެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އެކި ޕޮލިސީތައް ހަދާއިރު މި މުޖުތަމައުގައި ޒުވާނުންގެ އަޑު އޮތުމަކީ ވަރަށް މުހިންމުކަމެއްކަން ފިރުޝާން ފާހަގަކުރެއްވިއެވެ. އަދި ގޮންޖެހުންތަކާއެކުވެސް ކުރިއަށްދިޔުމަށް ޒުވާނުންނަށް ވަނީ ހިތްވަރުދެއްވާފައެވެ.

ތީން އެއްވެސް ބޭފުޅަކީ އެކަން ނުވާނެ ބޭފުޅެއް ނޫން. ހަމައެކަނި ބޭނުންވަނީ އަޒުމް އަދި ހިތްވަރާއެކު މަސައްކަތްކުރުން. މި މުޖުތަމައުގަ ޒުވާނުންގެ އަޑު ޕޮލިސީ މޭކިންގގަ އޮތުމަކީ މުހިންމު ކަމެއް. ބައެއް ފަހަރު ފަހަތަށް ޖެހެން ޖެހޭ ވަގުތާ، ގޮންޖެހުންތައް ވެސް އާދޭ. އެހެންނަމަވެސް ކުރިއަށްދާން ވާނެ. ބަދަލަށް ވަކާލަތުކުރުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމެއް.
ހުސައިން ފިރުޝާން

ޕްރެކްޓިސް ޕާލަމެންޓް ސީރީޒްއަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން, އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާރޒް އެންޑް ޓްރޭޑްގެ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ހިމެނެނީ މައިގަނޑު 2 ބައެވެ. އެއީ، "ޕްރެކްޓިސް ޕާލަމެންޓް ފޯރ ޔޫތު" އަދި "ޕްރެކްޓިސް ޕާލަމެންޓް ފޯރ ވިމެން"އެވެ. މިޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޒުވާނުންނާއި އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދީ، އެހީތެރިވެ, އަދި ކުރިމަގުގައި ސިޔާސީ މަގާމުތަކަށް ކުރިމަތިލުމަށް ބާރުއެޅުމެވެ.

"ޕްރެކްޓިސް ޕާލަމެންޓް ފޯރ ޔޫތު"ގައި 3 ބައެއް ހިމެނެއެވެ. އެއީ; ޕޮލިސީތަކާއި، މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ މައުލޫމާތު ދިނުމުގެ ސެޝަންއަކާއި، ރައްޔިތުންގެ މަޖިލީހުގެ ނަމޫނާ މާދިރީއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް