Advertisement
ކ. މާލެ
|
27 އޯގަސްޓް 2022 | ހޮނިހިރު 12:42
ރައީސުލްޖުމްހޫރިއްޔާ ރަތްމަންދޫ ކައުންސިލް އާއި ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ރަތްމަންދޫ ކައުންސިލް އާއި ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރައީސް މުލަކު އަތޮޅަށް ކުރައްވާ ދަތުރުފުޅު
ރައީސް ރަތްމަންދޫގެ ކައުންސިލްއާއި ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅުގެ ފަސްރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ހެނދުނު
މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ، އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މާލެވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ހޯމަ ދުވަހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ރަތްމަންދޫގެ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.

ރައީސް ސާލިހު ރަތްމަންދޫ ކައުންސިލާއި ބައްދަލުކުރައްވާފައި ވަނީ މިހާރު މުލަކު އަތޮޅަށް އެމަނިކުފާނު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ރަތްމަންދޫ އަށް ކުރެއްވި ޒިޔާރަތުގައެވެ. ރަތްމަންދޫ އަށް ވަޑައިގަތުމުން ރައީސް ސާލިހު އަށް އެ ރަށުން ރައީސް އަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައި ވެއެވެ.

ރަތްމަންދޫގައި ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް ބަލާއިރު ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމާއި، ފެނަކަ އާ އިންޖީނުގެ އެޅުމުގެ މަސައްކަތުގެ އިތުރުން ފެނަކަ އާ އޮފީސް އެޅުމުގެ މަޝްރޫޢު ހިމެނެއެވެ. އެ ރަށުގައި ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ޓެންޑަރ ކޮށްފައިވާ ކަންކަމަށް ބަލާއިރު، ކައުންސިލް އޮފީސް އިމާރާތް ޤާއިމްކުރުމާއި، ސިއްހީ މަރުކަޒުތަކުގައި ޕޯޓިކޯ އާއި ގަރާޖު ހެދުން، ފުޓްސަލް ދަނޑު ގާއިމް ކުރުން އަދި ވޮލީކޯޓު ގާއިމްކުރުން ހިމެނެއެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅުގެ ފަސްރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ހެނދުނެވެ. މި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަޑުއްވަރީ އާއި ދިއްގަރާއި ވޭވަށުގެ އިތުރުން އެއަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށް، މުއްޔަށް މި ދަތުރުފުޅުގެ ތެރެއިން ރައީސް ޒިޔާރަތްކުރައްވަން ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ، އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބައެއްރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ރަށްރަށުގައި ހިނގާ ޢުމުރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތްވެސް ބައްލަވާ ލައްވާނެއެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި ވޭވަށުގެ ބަނދަރާއި އެރަށުގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެ ހުޅުއްވައި ދެއްވައި، ދިއްގަރުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފެންވަރުގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. މުކަތޮޅަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މާލެވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ހޯމަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް