ކ. މާލެ
|
27 އޯގަސްޓް 2022 | ހޮނިހިރު 10:34
އޭދަފުއްޓާ ދެކޮޅަށް އަޝްފާޤު ކުޅެނީ: ފޮޓޯ-ހިންނަވަރު ކޮމިއުނިޓީ ސެންޓަރ
އޭދަފުއްޓާ ދެކޮޅަށް އަޝްފާޤު ކުޅެނީ: ފޮޓޯ-ހިންނަވަރު ކޮމިއުނިޓީ ސެންޓަރ
ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕް
އަޝްފާޤު ކުޅެމުން އަންނަ ހިންނަވަރު އަތުން ހަމްޕުއާއި ޝައްޓުގެ އޭދަފުއްޓަށް ބޮޑު މޮޅެއް
 
މުބާރާތުގައި ހިންނަވަރުގެ އިތުރުން އޭދަފުއްޓާއި، ނައިފަރާއި، ވެލިދޫންވެސް ވާދަކުރޭ

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤު ކުޅެމުން އަންނަ ޅ.ހިންނަވަރު ސްޕޯރޓްސް ކްލަބް އަތުން ކްލަބް އޭދަފުށި ބޮޑު މޮޅެއް ހޯދައިފިއެވެ.

އޭދަފުށި ބޮޑު މޮޅެއް ހޯދީ އެރަށަށް އުފަން މިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ހަމްޒާ މުޙައްމަދު (ހަމްޕު) އާއި ފުރަތަމަ ޑިވިޝަންގައި ކުޅުނު އޭދަފުށި އިޝާން އިބްރާހީމް (ސައްޓު) ގެ ގޯލްތަކުންނެވެ. އޭދަފުށި މެޗު ކާމިޔާބުކުރީ 5-1 ނެވެ. މެޗުގައި އޭދަފުށިން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ ސައްޓުއެވެ. އަނެއް ދެ ލަނޑު ޖެހީ ހަމްޕުއެވެ. ހިންނަވަރުގެ ހަމައެކަނި ލަނޑު ޖެހީ ހުސެއިން އައްފާޝްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސައްޓުއެވެ.

މުބރާތުގައި ހިންނަވަރު ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. އެއީ ނައިފަރު ޗެލްސީއާ ވާދަކޮށް 2-0 ނެވެ. އެމެޗުގައި ދެ ގޯލްވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އަޝްފާޤެވެ. އަޝްފާޤު މިސީޒަންގައި ފުރަތަމަ ޑިވިޝަންގައި ކުޅުނީ އެންމެ މެޗެއްގައެވެ. އަޝްފާޤުގެ އިތުރުން ހިންވަރު ޓީމަށް ޤައުމީ ޓީމްގެ ކުރީގެ ޑިފެންޑަރ އަހުމަދު އަބުދުالله (ލިލީ) ކުޅެއެވެ. އޭނާއަކީ ހިންނަވަރު ކުޅުންތެރިއެކެވެ. ހިންނަވަރު ޓީމްގެ ކޯޗަކީ އޭ ލައިސަންސް ކޯޗު މުޙައްމަދު ނަޒީހުއެވެ. އޭދަފުށި ޓީމްގެ ކޯޗަކީ މުޙައްމަދު އާތިފްއެވެ.

މުބާރާތުގެ ދެވަނަ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެއީ ބަޒޫކާ ސްޕޯރޓްސް ކްލަބާއި, ވެލިދޫ ސްޕޯރޓްސް ކްލަބް ވާދަކުރި މެޗެވެ. އެމެޗު އެއްވަރުވީ ލަނޑެއް ނުޖެހިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
29%
0%
0%
14%
14%
43%
ކޮމެންޓް
28 އޯގަސްޓް 2022 | އާދީއްތަ 00:42
ސްވޯޑް
ޢަދިވެސް ތާކުން މުސްކުޅިއެއް ހުރިއްޔާ ރަށުގެ ބަޖެޓް ދަވާލާފަ މީހަކު ގެނެވޭތޯ ބަލާ