ކ. މާލެ
|
28 އޮކްޓޯބަރ 2023 | ހޮނިހިރު 05:21
2 ވަނަ ޑިވިޝަނުގައި 2022 ވަނަ އަހަރު ވާދަކުރި ނިއުރޭޑިއަންޓްގެ ޓީމް
2 ވަނަ ޑިވިޝަނުގައި 2022 ވަނަ އަހަރު ވާދަކުރި ނިއުރޭޑިއަންޓްގެ ޓީމް
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް
ނިއުރޭޑިއަންޓް
ނިއުރޭޑިއަންޓް ކޭމްޕްކުރާނީ އޭދަފުށީގައި
ނިއު ކޭމްޕް ކުރުމުން ދަނޑު ޕްރޮމޯޓްކުރަން ފަސޭހަވާނެ: ކައުންސިލް ރައީސް

ދެ ވަނަ ޑިވިޝަނުގައި ކުޅެން ތައްޔާރުވަމުން އަންނަ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ބ. އަތޮޅު އޭދަފުށީގައި ކޭމްޕް ކުރަން ނިންމައިފި އެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހް ވިދާޅުވީ މިއަދުން ފެށިގެން ހަފުތާއެއްވަންދެން އޭދަފުށީގެ ފުޓްބޯޅަ ސްޓޭޑިއަމުގައި ނިއުރޭޑިއަންޓް ފަރިތަކުރަމުންދާނެ ކަމަށެވެ.

އޭދަފުށީގައި އަޅާފއިވާ ފުޓްބޯޅަ ސްޓޭޑިއަމަކީ ރާއްޖޭގެ ރަށެއްގައި މިހާތަނަށް އެޅި އެންމެ ފުރިހަމަ ސްޓޭޑިއަމެވެ. ކައުންސިލްގެ ރައީސް ފާތިހް ވިދާޅުވީ ނިއު އޭދަފުށީގައި ކޭމްޕް ކުރުމަކީ ޒަމާނީ ވަސީލަތްތަކާއެކު އެޅި އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމް ބޭރުގެ ފަރާތްތަކަށް މާކެޓް ކުރަން ލިބޭ ފަސޭހައަކަށްވާނެ ކަމަށެވެ.

"ނިއުރޭޑިއަންޓް މި މަހުގެ 28އިން ފެށިގެން އަންނަ މަހުގެ 4 އަށް މިރަށުގައި ކޭމްޕުކުރާނެ. މިއީ ވަރަށް ބޮޑު އުފަލެއް. ނިއުރޭޑިއަންޓް ކަހަލަ ބޮޑު ކުލަބެއް މިތަނަށް އައުމަކީ. މީގެ ސަބަބުން އަޅުގަނޑުމެން މި ދަނޑު މާކެޓްކުރަން ކުރާ މަސައްކަތަށް ފަސޭހަކަމެއް ލިބިގެންދާނެ،"
ފާތިހް ވިދާޅުވި އެވެ.

ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވި ނަމަވެސް ނިއު އަކީ ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ސަޕޯޓަރުންގެ ގިނަ ފުޓްބޯޅަ ޓީމެވެ. ނިއު ދެ ވަނަ ޑިވިޝަނަށް ތައްޔާރުވަމުންދަނީ އީގަލްސްގެ ކުރީގެ ކޯޗު އަހުމަދު ނިމާދުގެ ބެލުމުގެ ދަށުންނެވެ.

- ކޮމެންޓް