ކ. މާލެ
|
2 ނޮވެންބަރ 2023 | ބުރާސްފަތި 12:44
އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމުގައި މެޗެއް ކުޅެނީ
އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމުގައި މެޗެއް ކުޅެނީ
ފޭސްބުކް
އޭދަފުށި
އޭދަފުށީގައި ކުރިން ކުޅެނީ މަތިން، މިހާރު ތިރިން
 
ކުރިން ކުޅުނު ވެލިދަނޑުގައި ޓާފް އަޅައިދޭން ރަށުގެ މީހުން ބޭނުންވޭ

ފުޓްބޯޅަ އަށް މޮޅު އޭދަފުށީގައި ކުރިން ފުޓްބޯޅަ ކުޅެ އުޅުނީ ބޯޅަމަތިކޮށްގެން ކަމަށާއި ނަމަވެސް މިހާރު އެންމެންވެސް ކުޅެނީ ބޯޅަ ތިރިކޮށްގެން ކަމަށް އެ ރަށުން ބުނެފި އެވެ.

2016 ވަނަ އަހަރު އޭދަފުއްޓަށް މިނިވަން ޗެމްޕިއަންޝިޕުގެ ތަށި ހޯދައިދިން ކެޕްޓަން އަބްދުލް މަޖީދު އެ ވާހަކަ ތަފްސީލުކޮށްދިނެވެ.

ސްޓޭޑިއަމް އެޅީމަ އެންމެވެސް ކުޅެން އަންނަނީ މިތަނަށް. އެ ދަނޑު ވަރަށް ބޭނުން ނުކުރޭ. އެއީ ޓާފް އަޅާފައި އޮތްތަނެއްނޫން. ވެލި ދަނޑެއްވީމަ ގިނަ ފަހަރު ކުޅެން ޖެހެނީ މަތިން. އެކަމަކު މިހާރު ވަރަށް ތަފާތު. މިހާރު އެންމެންވެސް މަސައްކަތް ކުރަނީ ތުރިން ކުޅެން. އެހެންވީމާ މިއީ ސްޓޭޑިއަމާއެކު މި ރަށުގެ ފުޓްބޯޅަ އަށް އައި ވަރަށް ބޮޑު ކުރިއެރުމެއް
މަޖީދު

އޭނާ ބުނީ އޭދަފުށީގެ މަޝްހޫރު ވިޔަފާރވެރިޔާ ކްރައުން އަހުމަދު ނަޒީރުގެ ހަދިޔާއެއްގެ ގޮތުން އަޅައިދިން އެންމެ ޒަމާނީ ފެންވަރުގެ ސްޓޭޑިއަމްގެ ބޭނުން ހެޔޮ ގޮތުގައި ކުރަންޖެހޭ ކަމަށެވެ.

އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމުގައި ކުޅުނު މެޗެއްގެ ތެރެއިން: ކްލަބް އޭދަފުށި
މި ދަނޑުގައި ކުޅެންވާނީ ވާދަވެރި މެޗުތަކާއި މުބާރާތްތަކާއި ހާއްސަ މެޗުތައް. އެންމެން އަބަދު މިތަނުގައި ކުޅެންވެއްޖެނަމަ ދަނޑު ހަލާކުވުން އަވަސްވާނެ. މިރަށަށް މިހާރު އެހެން ދަނޑެއް ބޭނުންވޭ. ކުރީ ދަނޑުގައި ޓާފް އެޅުން މުހިންމު. އެއިރުން އާދައިގެ މަތިން ކުޅެން، އަދި ޕްރެކްޓިސް ކުރަން އެ ދަނޑު ބޭނުން ކުރެވޭނެ. ހުރިހާ ކަމެއް ސްޓޭޑިއަމުގައި ކުރަންވެއްޖެނަމަ ކަމަކުނުދާނެ
މަޖީދު

މިކަން ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ އަތޮޅުތެރެއިން ކުޅުނު ކުޅުންތެރިޔާ އަބްދުލްވާހިދު ވެސް ފާހަގަ ކުރި އެވެ.

ސްޓޭޑިއަމެއް ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއް. އެކަމަކު މި ރަށަށް ޓާފް އަޅާފައި އިތުރު ދަނޑެއް ބޭނުންވޭ. އެއީ ޕްރެކްޓިސް ކުރުމަށާއި ކޮންމެ ދުވަހަކު ހިންގާ ހަރަކާތްތަކަށް. މި ދަނޑުގައި (ސްޓޭޑިއަމުގައި) ޕްރެކްޓިސްކޮށް، މެޗު ކުޅެން ވެއްޖެނަމަ ދަނޑު ހަލާކުވާނެ. މިއީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް. އަޅުގަނޑުމެންނަށް އުފަލަކަށްވާނީ މިތަނުގައި ބޭރުގެ ޓީމުތައް ކޭމްޕްކުރުން. އެފެންވަރަށް ގެންދެވޭނީ ދަނޑު ރަނގަޅު ގޮތުގައި ބާއްވައިގެން
ވާހިދު

އޭދަފުއްޓަކީ ރާއްޖޭގެ ފުޓްބޯޅަ އަށް އެންމެ ގިނަ ކުޅުންތެރިން ނެރެދިން ރަށެވެ. އަދި އެއް ފެންވަރެއްގައި ފުޓްބޯޅައިގެ ފޯރި އަބަދުވެސް އޮންނަ ރަށެވެ. ގައުމީ ޓީމުގައ މިހާރު ވެސް މި ރަށަށް ނިސްބަތްވާ ހަތަރު ކުޅުންތެރިން އެބަތިއްބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
67%
0%
0%
33%
ކޮމެންޓް