ކ. މާލެ
|
27 އޯގަސްޓް 2022 | ހޮނިހިރު 10:09
ޔުނައިޓެޑްގެ ޖާޒީގައި ކަސެމީރޯ
ޔުނައިޓެޑްގެ ޖާޒީގައި ކަސެމީރޯ
ކަސެމީރޯ ޔުނައިޓެޑަށް ބަދަލުވުން
ޗެމްޕިއަންސް ލީގްއާއި ގުޅޭ ގޮތުން ސުވާލުކުރުމުން ކަސެމީރޯ ޖަވާބު ދިނީ އަދަދުން!
ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑު ނެތުމުން ކުރި ސުވާލުގައި ކަސެމީރޯ ބުނީ އޭނާ ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ކަމަށް

ޔުއެފާ ޗެމްޕިއަންސް ލީގްއާއި ގުޅޭ ގޮތުން ސުވާލުކުރުމުން، ލީގު ކާމިޔާބުކޮށްފައިވާ އަދަދުން ކަސެމީރޯ ޖަވާބު ދީފިއެވެ.

ބްރެޒިލްގެ މިޑްފީލްޑަރު ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑް ދޫކޮށް، ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑްއަށް ބަދަލުވެފައެވެ. ރެއާލްއަކީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމާއެކު ހޭދަކުރި މުއްދަތުގައި ކަސެމީރޯ ވަނީ ފަސް ފަހަރު ޗެމްޕިއަސް ލީގު ކާމިޔާބުކޮށްފައެވެ.

ކަސެމީރޯ ޔުނައިޓެޑަށް ބަދަލުވީއިރު، މި ސީޒަންގެ ޗެމްޕިއަންސް ލީގުން ޔުނައިޓެޑް އަކަށް ޖާގައެއް ނެތެވެ. އެއީ ނިމުނު ސީޒަންގެ ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބުމުންނެވެ. އެއާއެކު މި ސީޒަންގައި އެ ޓީމު ވާދަކުރާނީ ޔުއެފާ ޔޫރޮޕާ ލީގުގައެވެ. ޔުނައިޓެޑަށް ބަދަލުވުމުން އީއެސްޕީއެން އިން ކަސެމީރޯއާ ކުރި ސުވާލަކީ، ފުރަތަމަ ސީޒަންގައި ވެސް ޓީމު ޗެމްޕިއަންސް ލީގުގައި ނެތުމުން ބުނާނީ ކީކޭތޯއެވެ. ޖަވާބުގައި ކަސެމީރޯ ބުނީ އޭނާ އަށް މިހާރު ވެސް ފަސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައިވާ ކަމަށެވެ.

ކަސެމިީރޯގެ މި ޖާވަބަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ޓުވިޓާގައި މީހަކު ކުރި ކޮމެންޓެއްގައި ބުނީ ކަސެމީރޯގެ އެ ޖަވާބަކީ މިހާތަނަށް އޭނާ އަށް ފެނުނު އެންމެ ލެޖެންޑަރީ ޖަވާބުކަމަށެވެ. މީގެ އިތުރުން ވެސް ގިނަ ބަޔަކު އަންނަނީ އެ ޖަވާބަށް ކޮމެންޓުކުރަމުންނެވެ.

ކަސެމީރޯ އަކީ ރެއާލް އާއިއެކު ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ.

- ކޮމެންޓް