Advertisement
ކ. މާލެ
|
26 އޯގަސްޓް 2022 | ހުކުރު 21:54
 65 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސް ބައްދަލުވުން
65 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސް ބައްދަލުވުން
ރައްޔިތުންގެ މަޖިލިސް
ރާއްޖޭ - ކޮމަންވެލްތް
ރާއްޖެ އިން އަނެއްކާވެސް ކޮމަންވެލްތުގެ ޕާލިމެންޓަރީ އެސޯސިއޭޝަނާ އާއި ގުޅިއްޖެ
ފުރަތަމަ ރާއްޖެ ކޮމަންވެލްތުގެ މެމްބަރަކަށް ވީ 1982ގައި
ކޮމަންވެލްތުން ވަކިވާން ރާއްޖެ އިން ނިންމީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި
ރާއްޖެ ކޮމަންވެލްތުގެ ގައުމެއްގެ ގޮތުގައި ބަލައިގަންނަން ނިންމީ 65 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސް ބައްދަލުވުމުގައި

ދިވެހިރާއްޖެ، ކޮމަންވެލްތު ޖަމާއަތުގެ ޕާލިމެންޓަރީ އެސޯސިއޭޝަން އާއި ގުޅުމަށް ހުށަހަޅާފައިވާ ހުށަހެޅުން ބަލައިގަންނަން އެ ޖަމާއަތުން ނިންމައިފިއެވެެ.

ކޮމަންވެލްތާއި ގުޅުމަށް ރާއްޖެ އިން ހުށަހެޅި ހުށަހެޅުން ކޮމަންވެލްތު ޖަމާއަތުގެ ޕާލިމެންޓަރީ އެސޯސީއޭޝަނުން ބަލައިގަނެފައިވަނީ، ކެނެޑާގެ ހެލިފެކްސްގައި ބޭއްވި 65 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސް ބައްދަލުވުމުގައެވެ. ކެނެޑާގައި ބޭއްވި އެ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކޮށްދެއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ.

Advertisement

ދިވެހިރާއްޖެ އިން ކޮމަންވެލްތުން ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައެވެ. ކޮމަންވެލްތުން ވަކިވުމަށް ކެބިނެޓްގެ ލަފާގެ މަތިން ރައީސް ޔާމީން ނިންމެވީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭރު ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި، ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރުމަށް ވިސްނާނެ ކަމުގެ އިންޒާރު ކޮމަންވެލްތުން އޮތީ ދީފައެވެ.

ރާއްޖެ ކޮމަންވެލްތު ޖަމާއަތުން ވަކިވިފަހުން ގިނަ އަހަރުތަކެއް ވެފައި ވާއިރު، ރާއްޖެއިން އަނބުރާ ކޮމަންވެލްތާއި ގުޅިފައިވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ އިސްނެގުމާއި އެކުގައެވެ. އެންމެ ފުރަތަމަ ރާއްޖެ ކޮމަންވެލްތުގެ މެމްބަރަކަށް ވީ 1982ގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް