ކ. މާލެ
|
25 އޯގަސްޓް 2022 | ބުރާސްފަތި 20:11
ތައިލެންޑުގެ އާލީޑަރު
ތައިލެންޑުގެ އާލީޑަރު
ރޮއިޓަސް
ތައިލެންޑްގެ މަސްރަހު
ތައިލެންޑުގެ އާ ލީޑަރަކީވެސް ޝާހީ، އަސްކަރީ ބޭފުޅެއް
ޕްރައިމް މިނިސްޓަރ ޖެނެރަލް ޕްރަޔުތު ޗަންއޯޗާ އެ މަގާމުން ސަސްޕެންޑްކުރަން އެ ގައުމުގެ ކޯޓުން ވަނީ ނިންމާފައި
ޕްރަވިތު ވޮންގސުވަން ވަނީ ވަގުތީގޮތުން ގައުމު ހިންގެވުމާ ހަވާލުވެވަޑައިގަންނަވާފައި

ތައިލެންޑުގެ ވަގުތީ ލީޑަރުކަން އަނެއްކާވެސް ޝާހީ، އަސްކަރީ ބޭފުޅަކަށް ލިބިވަޑައިގެންފިއެވެ.

ބުދަ ދުވަހު ތައިލޭންޑްގެ ކޮންސްޓިޓިއުޝަންލް ކޯޓުން، އެ ގައުމުގެ ޕްރައިމް މިނިސްޓަރ ޖެނެރަލް ޕްރަޔުތު ޗަންއޯޗާގެ މަގާމުން ސަސްޕެންޑްކުރުމާއެކު ޕްރަވިތު ވޮންގސުވަން ވަނީ ވަގުތީގޮތުން ގައުމު ހިންގެވުމާ ހަވާލުވެވަޑައިގަންނަވާފައެވެ. ޕްރަޔުތު މަގާމުން ސަސްޕެންޑުކޮށްފައި ވަނީ އޭނާގެ ދައުރު ހަމަވެފައިވާތީ ތައިލެންޑުގެ އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ތައިލެންޑުގެ ގާނޫނު ބުނާގޮތުން އެ ގައުމުގެ ވެރިއަކަށް ހުންނަވާ ބޭފުޅަކަށް ވެރިކަމުގައި ދެމިހުންނެވޭނީ ގިނަވެގެން 8 އަހަރެވެ.

ތައިލެންޑުގެ ބޮޑުވަޒީރުގެ މަގާމާ ޕްރަޔުތު އެންމެ ފުރަތަމަ ހަވާލުވެވަޑައިގަތީ 2014ވަނަ އަހަރު އެ ގައުމުގެ އަސްކަރިއްޔާއިން ކުރި ބަޣާވާތަށްފަހުއެވެ. އޭރު އޭނާ ހުންނެވީ ތައިލެންޑުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ ގޮތުގައެވެ. އެއަށްފަހު އަސްކަރިއްޔާ ދޫކުރައްވައި އޭނާވަނީ 2019ވަނަ އަހަރު ބޭއްވި އާއްމު އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. އަދި އޭގެފަހުން ތަފާތު ތިން ފަހަރެއްގެ މަތިން ޕުރަޔުތުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ވަނީ ނަގާފައެވެ.

ތައިލެންޑުގެ ވެރިކަން ހިންގުމާ ހަވާލުވެވަޑައިގަތް ޕްރަވިތު ވޮންގސުވަންއަކީވެސް އަސްކަރިއްޔާގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އުމުރުފުޅުން 77 އަހަރުގެ ޕްރަވިތުއަކީ 2019 ވަނަ އަހަރުން ފެށިގެން ޑެޕިއުޓީ ޕްރައިމް މިނިސްޓަރގެ މަގާމު އަދާކުރައްވަމުންދާ ބޭފުޅެކެވެ.

- ކޮމެންޓް