ކ. މާލެ
|
25 އޯގަސްޓް 2022 | ބުރާސްފަތި 08:53
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން
ހަޔަރ އެޑިއުކޭޝަން
ކޮލިޓީ ކަށަވަރުކުރުން
ކޮލިޓީ ކަށަވަރުކުރުމުގައި ޔުނިވާސިޓީތަކާއި އިންސްޓިޓިއުޓްތަކުން އަދާކުރަންޖެހޭ ދައުރު މުހިއްމު - ހަޔަރ އެޑިއުކޭޝަން މިނިސްޓަރު
ދިރާސާވެރިއެއްގެ ގޮތުގައި ތިމާގެ ނަޒާހަތްތެރިކަމާއި އިތުބާރު ދެމެހެއްޓުމަކީ މުހިއްމު ކަމެއް
މި ކޮންފަރެންސްގެ ސަބަބުން ތިމާގެ ނެޓްވޯކްތައް ފުޅާކޮށް ތިމާގެ ކުރިއެރުން އިތުރުކުރުމަށް ލިބޭނެ ފުރުސަތަކަށް ވާނެ

ކޮލިޓީ ކަށަވަރުކުރުމުގައި ޔުނިވަރސިޓީތަކާއި އިންސްޓިޓިއުޓްތަކުން މުހިއްމު ދައުރެއް އަދާކުރަންޖެހޭ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ޔުނިވަރސިޓީގައި ކުރިއަށްދާ 35 ވަނަ ކޮންފަރެންސް "މޮޑާން ސްޓްރެޓަޖީސް ފޯ އިންޓަނޭޝަނަލް ރިސާޗާސް" ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގިނަ ޢިލްމީ އަދި ޚާއްސަ ދިރާސާވެރިންނަށް، ދިރާސާތަކާއި ކަރުދާސް ޝާއިޢުކުރުމަކީ އެމީހުންގެ ކެރިއަރގެ ކުރިމަގަށްޓަކައި ވަރަށް މުހިއްމު ކަމެއް ކަމަށާއި އެކަމުގައި ޔުނިވަރސިޓީތަކާއި އިންސްޓްޓިއުޓްތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. އަދި އެކަމުގައި ޔުނިވަރސިޓީތަކާއި އިންސްޓްޓިއުޓްތަކުން އަދާ ކުރަންޖެހޭ ދައުރު ވަރަށް ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިރާސާވެރިއެއްގެ ގޮތުގައި ތިމާގެ ނަޒާހަތްތެރިކަމާއި އިތުބާރު ދެމެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ކޮންފަރެންސްގެ ސަބަބުން ތިމާގެ ނެޓްވޯކްތައް ފުޅާކޮށް ތިމާގެ ކުރިއެރުން އިތުރުކުރުމަށް ލިބޭނެ ފުރުސަތަކަށް ވާނެ ކަމަށެވެ. އަދި މި މުޖުތަމައުގެ މުހިއްމު ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އިތުރު ފުރުސަތަކަށް ކޮންފަރެންސް ވެގެން ދާނެ ކަމަށް ވިދާޅުވިއެވެ. މި ކޮންފަރެންސަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންގެ މެދުގައި އެއްބާރުލުންދީގެން، ފިކުރީ ގޮތުން ޢިލްމު ބަދަލުކުރުމުގެ ފެށުމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ތިޔަބޭފުޅުންގެ ކަމާބެހޭ ދާއިރާތަކުގެ ތެރެއިން ފަގީރުކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އިޖުތިމާއީ އިންސާފު ފަދަ މުޖުތަމައުގެ މުހިންމު ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ފުރުސަތަކަށް މި ކޮންފަރެންސް ވެގެންދާނެ ކަމަށް އުއްމީދު ކުރަން
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

މިނިސްޓަރު ވިދާޅުވީ އެމަނިކުފާނު އުއްމީދު ކުރައްވަނީ މި ކޮންފަރެންސްގެ ސަބަބުން އިތުރަށް އުނގެނުމަށް މަގުފަހިކޮށްދީ އާ އުފެއްދުންތަކާއި އާ ހެކިތައް ބިނާކޮށް ނިންމުންތައް ނިންމުމުގައި ފަސޭހަ ވެގެން ދިއުން ކަމަށެވެ. އަދި ޒަމާނީ ދިރާސާތަކެއް މި ކޮންފަރެންސްގެ ސަބަބުން ލިބިގެން ދިއުން އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ކޮންފަރެންސަކީ އިންޓަނޭޝަނަލް ޔުނިއަން އޮފް ޔުނިވަރސިޓީސްއާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއާއި ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.

- ކޮމެންޓް