ކ. މާލެ
|
23 އޯގަސްޓް 2022 | އަންގާރަ 07:29
ޔުނައިޓެޑްގެ ފުރަތަމަ ގޯލް ޖެހުމަށްފަހު ސަންޗޯ އުފާ ފާޅުކުރަނީ
ޔުނައިޓެޑްގެ ފުރަތަމަ ގޯލް ޖެހުމަށްފަހު ސަންޗޯ އުފާ ފާޅުކުރަނީ
ޕްރިމިއަރ ލީގު
އިނގިރޭސި ޕްރިމިއަރ ލީގު
ތަފާތު ދައްކާ ލިވަޕޫލް ބަލިކޮށް، ޕްރިމިއަރ ލީގުގައި ޓެން ހާގުގެ ފުރަތަމަ މޮޅު
ލިވަޕޫލަށް ތިން މެޗުން އަދި މޮޅެއް ނުލިބޭ

މޮޅަށް ކުޅެ, ތަފާތު ދައްކާ އިނގިރޭސި ޕްރިމިއަރ ލީގުގައި އެރިކް ޓެން ހާގް ފުރަތަމަ މޮޅު ހޯދައިފިއެވެ.

އުނދަގޫ ހާލަތުގައި އޮތް މެންޗެސްޓަރ ޔުނައިޓެޑް ގޮވައިގެން ނުކުމެ ޓެން ހާގް ފުރަތަމަ މޮޅު ހޯދީ އަމިއްލަ ދަނޑުގައި 2-1 ން ލިވަޕޫލް ބަލިކޮށްގެންނެވެ. މެޗުގައި ފުރަތަމަ ދެ ލަނޑުވެސް ޖެހީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. ފުރަތަމަ ލަނޑު ޖަހާ ފުރަތަމަ ހާފްގައި ކުރި ހޯދައިދިނީ ސަންޗޯއެވެ. 16 ވަނަ މިނެޓުގައި އޭނާ ލަނޑުޖެހީ އެލަންޖާ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ދެވަނަ ލަނޑު ރަޝްފޯޑް ޖެހީ ދެވަނަ ހާފްގައެވެ. ލިވަޕޫލަށް އުއްމީދެއް ހޯދައިދިނީ 81 ވަނަ މިނެޓުގައި ސަލާހުއެވެ.

މެޗަށް ޓެން ހާގް ނުކުތީ ފާޑުކިއުން ބޮޑު ކެޕްޓަން ހެރީ މެގުއާ އާއި, ރޮނަލްޑޯ ނުލައެވެ. އެކަމަކު މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ރަޝްފޯޑްގެ ބަދަލުގައި ރޮނަލްޑޯއަށް ފުރުޞަތު ދިނެވެ. ޔުނައިޓެޑް މޮޅެއް މިހޯދީ ބްރެޒިލްގެ މިޑްފީލްޑަރ ކަސެމީރޯގެ ސޮއި ހޯދާ މިޑްފީލްޑަށް އިތުބާރު ހޯދާފައިވަނިކޮށެވެ.

މިއީ ޕްރިމިއަރ ލީގުގައި މިސީޒަންގައި ޔުނައިޓެޑް ކުޅުނު ތިން މެޗުން ލިބުނު ހަމައެކަނި މޮޅެވެ. ލިވަޕޫލަށް ތިން މެޗުން އަދި މޮޅެއް ނުލިބެއެވެ. ފުރަތަމަ ދެ މެޗު ވީ އެއްވަރެވެ.

- ކޮމެންޓް