ކ. މާލެ
|
23 އޯގަސްޓް 2022 | އަންގާރަ 07:47
ކޮވިޑް-19ށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
ކޮވިޑް-19ށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ފާއިތުވި ހަފްތާތެރޭ ރާއްޖޭގައި ކޮވިޑް-19 ޖެހުނީ 99 މީހުންނަށް
މާލެ ސަރަހައްދުން ކޮވިޑް ޖެހިފައިވަނީ 16 މީހަކަށް
އަތޮޅުތަކުން 35 މީހުންނަށް ކޮވިޑް ޖެހުނު

ފާއިތުވި ހަފުތާތެރޭ ރާއްޖޭގައި ކޮވިޑް-19 ޖެހުނީ 99 މީހުންނަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އޮގަސްޓް 14ން އޮގަސްޓް 20 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުން ކޮވިޑް ޖެހިފައިވަނީ 16 މީހަކަށެވެ. އަތޮޅުތަކުން 35 މީހުންނަށް ކޮވިޑް ޖެހުނުއިރު އެހެނިހެން ހިސާބުތަކުން ކޮވިޑް ޖެހިފައިވަނީ 48 މީހުންނަށެވެ.

ފާއިތުވި ހަފުތާގައި މިބަލި ޖެހިގެން 9 މީހަކު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވެއެވެ. އެއްވެސް މީހަކު ފާއިތުވި ހަފުތާގައި މިބަލި ޖެހިގެން މަރުވެފައެއް ނުވެއެވެ.

އޭގެކުރީ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު އެހަފުތާގައި ކޮވިޑް-19 ޖެހުނީ 98 މީހުންނަށެވެ. ޖުލައި ފަހު ހަފުތާގައި މިއަދަދު ހުރީ 106ގައެވެ.

ޖޫން މަސް ނިމެމުން ދަނިކޮށް، ހަފުތާއެއްގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 1000ން މައްޗަށްވެސް ގޮސްފައިވެއެވެ. ނަމަވެސް އޭގެފަހުން ކޭސްތައް އަންނަނީ މަދުވަމުންނެވެ. އެގޮތުން ޖޫން 19ން 25ށް 1202 މީހުން ޕޮޒިޓިވްވިއިރު، ޖޫން 25ން ޖުލައި 2ށް ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވަނީ 1134 މީހުންނެވެ. ޖުލައި 3ން ޖުލައި 9ށް 771 މީހުން ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވެއެވެ.

މިހާތަނަށް ރާއްޖެއިން 184،788 މީހުންނަށް ކޮވިޑް-19 ޖެހިފައިވެއެވެ. އަދި 307 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

- ކޮމެންޓް