Advertisement
ކ. މާލެ
|
23 އޯގަސްޓް 2022 | އަންގާރަ 07:23
ށ ފޭދޫ ބަނދަރު ހެދުމުގެ މަޝްރޫޢު
ށ ފޭދޫ ބަނދަރު ހެދުމުގެ މަޝްރޫޢު
އެމްޓީސީސީ
ށ.ފޭދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު
ށ. ފޭދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެއްގަމު ތޮށިލުމުގެ މަސައްކަތް ނިންމާލައިފި
29 ޑިސެންބަރު 2019 ގައި އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ 33.1 މިލިއަން ރުފިޔާއަށް

ށ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެއްގަމު ތޮށިލުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މިމަސައްކަތްކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ އެއްގަމު ތޮށި ލުމުގެ މަސައްކަތް އޮގަސްޓް 21 ވަނަ ދުވަހު ނިންމާލާފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 387 މީޓަރ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 280 މީޓަރ އެއްގަމު ތޮށި ޖެހުމާއި، ރޭމްޕެއް ހެދުމާއި، 1400 ސްކެއަރ މީޓަރ ޕޭވްމަންޓް ހެދުމާއި، 10 މޫރިންގ ބްލޮކްސް ޖެހުމާއި، 18,500 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 9,000 ކިއުބިކް މީޓަރ ނެރު ފުންކުރުމާއި، 2 ނެރުބައްތި ޖެހުމުގެ އިތުރުން 14 ބަނދަރު ބައްތި ޖެހުން ހިމެނެއެވެ.

Advertisement

ފޭދޫގެ ބަނދަރާ ބެހޭ ގޮތުން އެރަށުގެ ކައުންސިލުން ބުނީ ބަނދަރުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ދަތުރުފަތުރަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށާއި، އޮޑިވެރިންގެ ކަންބޮޑުންތަކަށް ހައްލު ލިބޭނެ ކަމަށެވެ.

29 ޑިސެންބަރު 2019 ގައި އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ 33.1 މިލިއަން ރުފިޔާއަށް، 480 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް