ކ. މާލެ
|
22 އޯގަސްޓް 2022 | ހޯމަ 22:16
އެމާސަން ޕަލްމެއިރީ
އެމާސަން ޕަލްމެއިރީ
ގެޓީ އިމޭޖަސް
ސަމަރ ޓްރާންސްފަރ
އެމާސަން ވެސްޓް ހޭމްއަށް
2018 ވަނަ އަހަރު ޗެލްސީއަށް ބަދަލުވެ، އެމާސަން ވަނީ އެޓީމަށް 33 މެޗު ކުޅެދީފައި
ވެސްޓް ހޭމްއަށް އެމާސަން ބަދަލުވީ ފަސް އަހަރުގެ އެއްބަސްވުމެއްގައި

ޗެލްސީގެ ޑިފެންޑަރު އެމާސަން ޕަލްމިއެރީ، ވެސްޓް ހޭމް ޔުނައިޓެޑަށް ބަދަލުވާން ނިންމައިފިއެވެ.

ވެސްޓް ހޭމްއަށް އެމާސަން ވިއްކާލުމަށް ޗެލްސީ އާއި ވެސްޓް ހޭމްއާއި ދެމެދު މިހާރު ވަނީ އެއްބަސްވުމެއް ހަދާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީން އެމާސަން ވިއްކާލަނީ 13 މިލިއަން ޔޫރޯގެ ފިކްސްޑް ފީއަކަށެވެ. އަދި އެޑް އޮންސްގެ ގޮތުގައި ދެ މިލިއަން ޔޫރޯ ހިމަނާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ވެސްޓް ހޭމްއާއެކު އެމާސަން މިހާރު ވަނީ ޕާސަނަލް ޓާމްސްގެ އެއްބަސްވުމެއް ހަދާފައެވެ. ވެސްޓް ހޭމްއަށް އެމާސަން ބަދަލުވީ ފަސް އަހަރުގެ އެއްބަސްވުމެއްގައެވެ. ވެސްޓް ހޭމްގައި ހަދަން ޖެހޭ މެޑިކަލް ޓެސްޓުތައް މިރޭގެ ވަގުތެއްގައި އެމާސަން ހަދާނެކަމަށް ރިޕޯޓުތައް ބުނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ކުރިއަށް އޮތް ދެތިން ދުވަސްތެރޭގައި އެމާސަން ރަސްމީކޮށް ވެސްޓް ހޭމްއަށް ސޮއިކުރާނެއެވެ.

2018 ވަނަ އަހަރު ޗެލްސީއަށް ބަދަލުވެ، އެމާސަން ވަނީ އެޓީމަށް 33 މެޗު ކުޅެދީފައެވެ. އޭގެ ފަހުން މިދިޔަ ސީޒަންގައި އޭނާ ވަނީ ލޯނު އުސޫލުން ލިޔޯންއަށް ކުޅެފައެވެ. ލިޔޯންއަށް ކުޅެދިން 29 މެޗުގައި އޭނާ ވަނީ އެއްލަނޑު ޖަހާފައެވެ.

- ކޮމެންޓް