ކ. މާލެ
|
22 އޯގަސްޓް 2022 | ހޯމަ 13:20
ސިވިލް ކޯޓުގެ އިސްގާޞީ އަބްދުﷲ އަލީ
ސިވިލް ކޯޓުގެ އިސްގާޞީ އަބްދުﷲ އަލީ
ސަން
ސިވިލް ކޯޓުގެ އިސްގާޒީ
ސިވިލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ ޢަލީ ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވައިފި
ފަނޑިޔާރުކަމުގައި 36 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވޭ
އެގޮތަށް ނިންމީ 2022 އޮގަސްޓް 21 ވަނަ ދުވަހު އޮތް ކޮމިޝަނުގެ 55 ވަނަ ބައްދަލުވުމުން

ސިވިލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ ޢަލީ ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، ސިވިލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުالله ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅި ކޮށްދިނުމަށް، 2022 އޮގަސްޓް 21 ވަނަ ދުވަހު އޮތް ކޮމިޝަނުގެ 55 ވަނަ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން އެގޮތަށް ނިންމާފައިވަނީ އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްޙީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާޢިދު"ގެ ދަށުންނެވެ.

އަލްއުސްތާޛު ޢަބްދުﷲ ޢަލީ އަކީ ފަނޑިޔާރުކަމުގައި 36 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ސިވިލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުالله ޢަލީ، 2022 ސެޕްޓެމްބަރު 04 އިން ފެށިގެން މުސްކުޅި ކޮށްދެއްވުމަށް ނިންމުމާ ގުޅިގެން، ސިވިލް ކޯޓު ވަގުތީގޮތުން ހިންގެވުން، އެތާރީޚުން ފެށިގެން، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދުއާ ޙަވާލުކުރުމަށްވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

- ކޮމެންޓް