ކ. މާލެ
|
21 އޯގަސްޓް 2022 | އާދީއްތަ 07:26
ކުވައިތު އެއަރވޭސް
ކުވައިތު އެއަރވޭސް
ކުވެއިތު ނިއުސް އޭޖެންސީ
އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުން
ކުވައިތު އެއާވޭސްއިން ރާއްޖެއަށް ދަތުރުތައް ފަށަނީ
އެ އެއާލައިނުން ދަތުރުތައް ފަށަން ނިންމާފައިވަނީ 31 އޮކްޓޯބަރުގައި

ކުވައިތުގެ ޤައުމީ އެއާލައިން، ކުވައިތު އެއާވޭސް އިން ރާއްޖެއަށް ދަތުރުތައް ފަށަން ތާވަލުކޮށްފިއެވެ.

އެ އެއާލައިނާ ހަވާލާދީ ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުތަކާއި ގުޅުންހުރި ނޫސްތަކުން ބުނެފައިވަނީ މި ދަތުރުތައް ފެށުމަށް ތާވަލުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. މި ދަތުރުތައް ކުރާނީ ކުވައިތާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާ ދެމެދުއެވެ.

ކުވައިތު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށާއިރު ހަފްތާއަކު 2 ދަތުރު ކުރާނެއެވެ. މި ދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރާނީ އެއަރބަސް އޭ320 ނިއޯ މަރުކާގެ ބޯޓެވެ.

ކުވައިތު އެއާވޭސް އިން ކޮވިޑާ ގުޅިގެން ބައިނަލްއަގުވާމީ ދަތުރުތައް މެދުކަނޑާލިއެވެ. ނަމަވެސް ދުނިޔޭގައި ކޮވިޑުގެ ހާލަތު ރަނގަޅުވަމުންދިއުމާއި ގުޅިގެން މިހާރު ވަނީ އެ ޚިދުމަތް އަލުން ފަށާފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކުވައިތުގެ ކެބިނެޓުން ވަނީ ކޮވިޑުގެ ފިޔަވަޅުތައް އުވާލުމާ އެކު ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެކަމަށް ވެސް ބުނެފައެވެ.

ކުވައިތަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ މަންޒިލެކެވެ. އެގޮތުން، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އެ ޤައުމުން ރާއްޖެއަށް 4325 ފަތުރުވެރިން ވަނީ އައިސްފައެވެ.

- ކޮމެންޓް