ކ. މާލެ
|
20 އޯގަސްޓް 2022 | ހޮނިހިރު 09:15
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޕީޕީއެމް
"ހަވާލޭ ވަތަން" ޖަލްސާ
ރާއްޖެ މިވަނީ ކޮރަޕްޝަންގެ ހާއްޔަކަށްވެފައި: ޔާމީން
 
މިސަރުކާރުން ހިންގާ ކޮރަޕްޝަންގެ ކަންކަން ބެލޭނެ މުއައްސަސާއެއް ނެތްކަމަށް ޔާމީން ވިދާޅުވި
 
ޒީރޯ ޓޮލެރެންސްގެ މާނަ އޮޅޭ ހިސާބަށް ކަންކަން ގޮސްފައިވާކަމަށް ވިދާޅުވި

ރާއްޖެވަނީ ކޮރަޕްޝަންގެ ހާއްޔަކަށް ވެފައިކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް "ހަވާލޭ ވަތަން" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، މިސަރުކާރުން އެންމެ ގަޔާވެގެން ދައްކާ ވާހަކައަކީ ކޮރަޕްޝަނަށް ޒީރޯ ޓޯލެރެންސް ދޭ ވާހަކަ ކަމަށެވެ. ނަމަވެސް ޒީރޯ ޓޯލެރެންސްގެ މާނަ އޮޅޭ ހިސާބަށް ކަންކަން ގޮސްފައިވާކަމަށް ޔާމީން ވިދާޅުވިއެވެ.

ދުނިޔޭގެ ކޮރަޕްޝަން އިންޑެކްސްއިން ރާއްޖެ އަދިވެސް ލައްވާލަނީ އެންމެ ފުލުގައިކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވަނީ މިސަރުކާރުން ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ދިނުމަށް ހަދާފައިވާ ސެޓްލްމަންޓް އެގްރިމަންޓްތަކަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނުގެ ސަރުކާރުގައި ބަންޑާރަ ނައިބުގެ އޮފީހުން ބަލައި، ގާނޫނީ ލަފާ ހޯދާފައިހުރި އެއްބަސްވުންތަކުގެ ކަންކަންވެސް، މިސަރުކާރުން ބޮޑެތި އަދަދުތަކުން އެކުންފުނިތަކަށް ދޭގޮތަށް އެއްބަސްވުންތައް ހަދާފައިވާކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ގާތް ރަހުމަތްތެރިން ހިމެނޭ އެކި ކުންފުނިތަކަށް ސެޓްލްމަންޓްގެ ނަމުގައި ފައިސާ ދިނީކަމަށެވެ.

މީގެއިތުރުން އިންތިޚާބުތަކާ ދިމާކޮށް ވަކި ބަޔަކަށް މަންފާވާ ގޮތަށް ކަންކަން ކުރަމުންދާކަމަށް ވިދާޅުވިއެވެ. އިންތިޚާބުތައް އޮބްޒަރވްކުރަން އައި ކޮމަންވެލްތު ގްރޫޕުންވެސް، މިސަރުކާރުން އިންތިޚާބުގެ ކެމްޕެއިނަށް ރަސްމީ ހުރިހާ މުއައްސަސާތަކާއި ދައުލަތުގެ މުދާ ބޭނުންކޮށްގެން އިންތިޚާބުތަކުގައި މަސައްކަތްކުރިކަން ފާހަގަކޮށްފައިވާކަމަށެވެ.

މީގެއިތުރުން އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދަކުން ވަޒީފާތައްް ދެމުން ދާކަމަށް ވިދާޅުވެ، އެއީ ކޮރަޕްޝަންގެ އަމަލުތައްކަމަށާއި ނަމަވެސް އެކަންކަން ބެލޭނެ ގޮތެއް ނޯންނަކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ގާނޫނު އަސާސީއަކީ ދުނިޔޭގައި ނެތް ފެންވަރުގެ ގާނޫނު އަސާސީއަކަށް ވެގެންދިޔައިރު އުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ މުއައްސަސާތަކެއް ހުރީ އުފައްދައިދީފަ. އެހެންނަމަވެސް މުއައްސަސާތަކުގަ ތިބި މީހުންނަކީ ގާބިލް މީހުންތޯ؟ އެވަރުގެ ބުރައެއް އުފުލޭވަރުގެ ކެރުންހުރި ބަޔަކު ރާއްޖޭގެ މުއައްސަސާތަކަކު ނެތް. ގޮންޖަހާފަ މިބުނަނީ، އެފަދަ މުއައްސަސާއެއް ނެތް. އޭސީސީއެއް ނުހިނގާ، އޮޑިޓަރ ޖެނެރަލް އޮފީހެއް ނުހިނގާ. އަދި މަޖިލީހެއް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އެތިބީ ނުކުޅެދިފަ، ނޫނީ އެތިބީ ލޯމަރާލައިގެން، ނޫނީ ކަންފަތް ބައްވެފަ އެތިބީ. މިކަންކަމެއް ނުހިނގާ. ގާނޫނު އަސާސީން އުފައްދާފައި ހުރި މުއައްސަސާތައް އެތިބީ. ނަމަވެސް ކޮރަޕްޝަން ބެލޭނެ މުއައްސަސާއެއް ދިވެހި އުޑުދަށުގަ ހުރިކަމަކަށް ނުވޭ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

މީގެއިތުރުން ޔާމީން ވިދާޅުވީ މިސަރުކާރުގައި ދަރަނި އިތުރުވެފައިވާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް
ގުޅުންހުރި
މިސަރުކާރުގައި ޑިމޮކްރަސީ އާއި ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރާ ތަނެއް ނުފެނޭ: ޝަރީފް
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
އަޅުގަނޑުގެ އަތުގައި ހިފަން ރައީސް މުއިއްޒު ދެކޮޅު ހެއްދެވި ސަބަބު އެނގިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް: ޔާމީން
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން