ކ. މާލެ
|
20 އޯގަސްޓް 2022 | ހޮނިހިރު 07:35
ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ޓިކެޓް އެރުވުން
ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ޓިކެޓް އެރުވުން
ޕީޕީއެމް
ޕީޕީއެމްގެ ރިޔާސީ ޓިކެޓް
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީނަށް އަރުވައިފި
ޔާމީނަށް ރިޔާސީ ޓިކެޓް އަރުވަން، ޕީޕީއެމާއި ޕީއެންސީގެ ޖޮއިންޓް ކައުންސިލުން ޖުލައި 31 ވަނަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމާފައި
ޔާމީނަށް ޓިކެޓް އެރުވީ، ހުރިހާ ރަށެއްގެ ޕީޕީއެމްގެ މަންދޫބުން އެކަކު އަތުން އަނެކަކު އަތަށް ޓިކެޓް ހަވާލުކުރަމުން ގޮސް، އަބްދުއްރަހީމާ ހަވާލުކުރުމަށްފަހު
ޔާމީން އަތްޕުޅަށް ޓިކެޓް އެރުވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓް އަރުވައިފިއެވެ.

އެ މަނިކުފާނަށް ޓިކެޓް އެރުވުމަށް "ހަވާލޭ ވަތަން"ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޓިކެޓް ހަވާލުކޮށްދެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.

ޔާމީން އަތްޕުޅަށް ޓިކެޓް އެރުވީ، ހުރިހާ ރަށެއްގެ ޕީޕީއެމްގެ މަންދޫބުން އެކަކު އަތުން އަނެކަކު އަތަށް ޓިކެޓް ހަވާލުކުރަމުން ގޮސް، އަބްދުއްރަހީމާ ހަވާލުކުރުމަށްފަހުއެވެ. މި ޖަލްސާގައި ހުރިހާ ރަށެއްގެ މަންދޫބުން ބައިވެރިވެފައިވެއެވެ.

ޔާމީނަށް ރިޔާސީ ޓިކެޓް އަރުވަން ޕީޕީއެމާއި ޕީއެންސީގެ ޖޮއިންޓް ކައުންސިލުން ޖުލައި 31 ވަނަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. އެއީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމަށެވެ. އެގޮތަށް ނިންމީ އެ ދެ ޕާޓީގެ ކައުންސިލްގެ އިއްތިފާގުންނެވެ.

ޔާމީނަށް ރިޔާސީ ޓިކެޓް އަރުވާފައިވާއިރު، އެމަނިކުފާނުގެ މައްޗަށް ކުރާ ތިން ދައުވާއެއް ކްރިމިނަލް ކޯޓުގައި މިހާރުވެސް ކުރިޔަށް އެބަދެއެވެ. އެއިން އެއްވެސް ދައުވާއެއް ސާބިތުވިޔަސް، ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލިވަޑައިގަންނަވާނެއެވެ.

- ކޮމެންޓް