ކ. މާލެ
|
19 އޯގަސްޓް 2022 | ހުކުރު 22:02
އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ
އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
އެމްޑީޕީ ކޮންގްރެސް
އެމްޑީޕީ އޮތީ ހައްސާސް ފައްތަރެއްގައި: ރައީސް ނަޝީދު
އިންސާނީ ތޮބީއަތަކީ ބަދަލަށް އެދި ގޮވުން: ރައީސް ނަޝީދު
އެމްޑީޕީގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރަން ބޭނުންވާ މީހުންނާ ނުވާ މީހުން އެބަ ތިބި: ރައީސް ނަޝީދު
އެމްޑީޕީ އަކީ ބަދަލަށް ލޯބިކުރާ ޕާޓީއެއް: ނަޝީދު

އެމްޑީޕީ އޮތީ މިވަގުތު ހައްސާސް ފައްތަރެއްގައި ކަމަށާއި އެކަން އެންމެން ވެސް ގަބޫލުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރަން ބޭނުންވާ މީހުންނާއި ވެރިކަމުގެ ނިޒާމް ބަދަލުކުރަން ބޭނުން ނުވާ މީހުން ވެސް ތިބި ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވަނީ އިންސާނީ ތޮބީއަތަކީ ބަދަލަށް އެދި ގޮވުން ކަމަށާއި ބަދަލަށް ހުރަސް އަޅާ އޮބި އެޅުމަކީ ކުރިއެރުމަށް އޮތް ހުރަހެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ފިތުރަތުގައި ވެސް އިންސާނުންނަކީ ބަދަލުވެ ތަރައްޤީ ވަމުންދާ ބައެއް ކަމަށާއި، އެމްޑީޕީ އަކީ ބަދަލަށް ލޯބިކުރާ ޕާޓީއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެއް ބަޔަކު ދެކެނީ ވެރިކަން ކުރާ ގޮތާއި ވެރިކަމުގެ ވައްޓަފާޅި އަދިވެސް ބަދަލުވާން ޖެހޭ ކަމަށް. އެމްޑީޕީ އަބަދު ވެސް ބަދަލުގެ ޕާޓީ އެއް. މި ޕާޓީ އަކީ ރާއްޖެ ބަދަލު ކުރި ޕާޓީ.
ރައީސް ނަޝީދު

ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ކޮންގްރެސް އަށް ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ޤާނޫނު އަސާސީ އަށް އިސްލާހު ގެންނަން ހުށަހަޅުއްވާފައެވެ. އެގޮތުން ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ހުށައަޅާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 8 ވަނަ މާއްދާ އިސްލާހުކޮށް އެ ގާނޫނަށް ގެނައި އިސްލާހާއި އެކު މިހާރު އެ ގާނޫނުގައި ކަނޑައެޅިފައި ހުރި އަސާސީ ސިފަތައް ސީދާ ގާނޫނު އަސާސީގައި ބަޔާން ކުރުމެވެ. އެހެނިހެން އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ އެސްއޯއީތައް އުފެއްދޭނީ ގާނޫނެއް ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް ގާނޫނު އަސާސީގައި ބަޔާންކުރުމާއި، އެސްއޯއީއެއް އުފެއްދުމަށް ފުރިހަމަވާންޖެހޭ ޝަރުތުތަކެއް ކަނޑައެޅުން އަދި އެއް ބޭނުމަށް އެއްކުންފުންޏަށްވުރެ ގިނަ ކުންފުނި އުފެއްދުން މަނާކުރުން ހިމެނެއެވެ.

- ކޮމެންޓް