ކ. މާލެ
|
19 އޯގަސްޓް 2022 | ހުކުރު 19:29
ކަސެމީރޯ
ކަސެމީރޯ
ޓްވިޓަރ
ސަމަރ ޓްރާންސްފަރ
ކަސެމީރޯ ޔުނައިޓެޑަށް
 
ރެއާލް މެޑްރިޑުން ވަނީ ކަސެމީރޯ ހޯދުމަށް ޔުނައިޓެޑުން ހުށަހެޅި ބިޑް ގަބޫލުކޮށްފައި

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވާން ނިންމައިފިއެވެ.

އިތުބާރުހުރި ރިޕޯޓުތައް ބުނާ ގޮތުން ރެއާލް މެޑްރިޑުން ވަނީ ކަސެމީރޯ ހޯދުމަށް ޔުނައިޓެޑުން ހުށަހެޅި ބިޑް ގަބޫލުކޮށްފައެވެ. ކަސެމީރޯ ހޯދުމަށް ޔުނައިޓެޑުން ހުށަހެޅީ 60 މިލިއަން ޕައުންޑުގެ ފިކްސްޑް ފީއަކާއި 10 މިލިއަން ޕައުންޑުގެ އެޑްއޮންސް ހިމެނޭ ބިޑެކެވެ. މިހާރު ކަސެމީރޯ އާއި ޔުނައިޓެޑް އާއި ދެމެދު ޕާސަނަލް ޓާމްސްގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ހަފްތާ ބަންދުގައި ކަސެމީރޯ އިންގްލެންޑަށް ދަތުރުކޮށް، ޔުނައިޓެޑް އާއިއެކު މެޑިކަލް ޓެސްޓުތައް ހަދާނެއެވެ. އަދި ވަރަށް އަވަށް ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކުރާނެއެވެ.

ކަސެމީރޯ ރެއާލަށް ބަދަލުވީ 2013 ވަނަ އަހަރުއެވެ. ސައޮ ޕައުލޯއިން ސީނިއަރ ކެރިއަރު ފެށި ކަސެމީރޯ ރެއާލަށް އެންމެ ފުރަތަމަ ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމާއެކު ދާއިމީ އެއްބަސްވުމެއް ހަދާފައެވެ. ކަސެމީރޯ ވަނީ އޭނާ ރެއާލަށް ކުޅެދިން 336 މެޗުގައި 31 ލަނޑު ޖަހާފައެވެ. މީގެ އިތުރުން ރެއާލާއެކު އޭނާ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު، ކޮޕަ ޑެލް ރޭ، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންްސް ލީގު، ފީފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
40%
0%
20%
0%
40%
ކޮމެންޓް