ކ. މާލެ
|
18 އޯގަސްޓް 2022 | ބުރާސްފަތި 07:55
ޔާއޯ ފެލިކްސް
ޔާއޯ ފެލިކްސް
ޓްވިޓަރ
ޔާއޯ ފެލިކްސްގެ ކުރިމަގު
ޔާއޯ ފެލިކްސް ވިއްކާލާކަށް އެތުލެޓިކޯއިން ބޭނުމެއް ނުވޭ
 
ޑިއޭގޯ ސިމިއޯނީ މީގެ ކުރިން ވަނީ ފެލިކްސް އަކީ ޓީމަށް މުހިންމު ކުޅުންތެރިޔެއް ކަމަށް ބުނެފައި

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފޯޗުގަލްގެ ޒުވާން ފޯވާޑް ޔާއޯ ފެލިކްސް ދޫކޮށްލަން އެ ޓީމުން ބޭނުނުވާކަމަށް ބުނެފިއެވެ.

ސްޕެއިންގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ފެލިކްސް ހޯދުމުގެ މަސައްކަތް ބައެއް ކުލަބުތަކުން އަންނަނީ ކުރަމުންނެވެ. ނަމަވެސް އޭނާ ދޫކޮށްލަން ބޭނުންނުވާ ކަމަށް އެތުލެޓިކޯއިން އަންގާފައިވާ ކަމަށެވެ. ފެލިކްސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ޓީމު ތަކުގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑު ހިމެނޭ ކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ.

މީގެ އިތުރުން ރިޕޯޓުގައިވާ ގޮތުން އެތުލެޓިކޯއިން ވަނީ އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ މެތިއުސް ކުންހާ 50 މިލިއަން ޔޫރޯއަށް ދޫކޮށް ނުލާނެ ކަމަށް ވެސް އަންގާފައެވެ.

ބެންފީކާއިން ސީނިއަރ ކެރިއަރު ފެށި 22 އަހަރުގެ ފެލިކްސް އެތުލެޓިކޯއަށް ބަދަލުވީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ މީގެ ކުރިން ވަނީ ފެލިކްސް އަކީ ޓީމަށް މުހިންމު ކުޅުންތެރިޔެއް ކަމަށް ބުނެފައެވެ.

ފެލިކްސް ވަނީ އެތުލެޓިކޯއަށް ކުޅެދިން 111 މެޗުގައި 30 ލަނޑު ޖަހާފައެވެ. އެތުލެޓިކޯއާއެކު އޭނާ ވަނީ 21-2020 ވަނަ ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ޕޯޗުގަލްގެ ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ފެލިކްސް ވަނީ ޤައުމީ ޓީމަށް 22 މެޗު ކުޅެދީ ތިން ލަނޑު ޖަހާފައެވެ. އޭނާ ވަނީ ޕޯގުގަލްއާއެކު 19-2018 ވަނަ އަހަރުގ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް