ކ. މާލެ
|
18 އޯގަސްޓް 2022 | ބުރާސްފަތި 07:31
ކަސެމީރޯ
ކަސެމީރޯ
ޓްވިޓަރ
ޓްރާންސްފާ މާކެޓު
ކަސެމީރޯ ހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑުން މަސައްކަތް ކުރަނީ
 
މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކަސެމީރޯ ހޯދުމަށް ޔުނައިޓެޑުން އަންނަނީ 60 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ހުށަހަޅަން ތައްޔާރުވަމުން

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ ހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑުން މަސައްކަތް ކުރާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ކަސެމީރޯ ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ކުރަނީ އެ ޓީމު އިތުރަށް ވަރުގަދަ ކުރުމަށެވެ. ޚާއްސަކޮށް އެ ޓީމުގެ މިޑްފީލްޑުގައި ކުޅޭނެ ރަނގަޅު ކުޅުންތެރިޔަކު ހޯދުމަށް ޔުނައިޓެޑުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންނެވެ. މީޑިއާތަކުގައި މިގޮތަށް ރިޕޯޓުކޮށްފައިވާއިރު، ދާދި ފަހުން ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނެފައިވަނީ، ޓީމަށް އިތުރު ކުޅުންތެރިން ހޯދަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކަސެމީރޯ ހޯދުމަށް ޔުނައިޓެޑުން އަންނަނީ 60 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ހުށަހަޅަން ތައްޔާރުވަމުންނެވެ. ނަމަވެސް ރެއާލުން ކަސެމީރޯ ދޫކޮށްލާނެ ކަމަށް ނުބެލެވެއެވެ.

ކަސެމީރޯ ރެއާލަށް ބަދަލުވީ 2013 ވަނަ އަހަރުއެވެ. ސައޮ ޕައުލޯއިން ސީނިއަރ ކެރިއަރު ފެށި ކަސެމީރޯ ރެއާލަށް އެންމެ ފުރަތަމަ ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމާއެކު ދާއިމީ އެއްބަސްވުމެއް ހަދާފައެވެ. ކަސެމީރޯ ވަނީ އޭނާ ރެއާލަށް ކުޅެދިން 336 މެޗުގައި 31 ލަނޑު ޖަހާފައެވެ. މީގެ އިތުރުން ރެއާލާއެކު އޭނާ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު، ކޮޕަ ޑެލް ރޭ، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންްސް ލީގު، ފީފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް