ކ. މާލެ
|
17 އޯގަސްޓް 2022 | ބުދަ 10:13
ލަންކާގެ މަސްރަހު ހަލަބޮލިވެ އެގައުމުގެ ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި
ލަންކާގެ މަސްރަހު ހަލަބޮލިވެ އެގައުމުގެ ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި
ރޮއިޓާސް
ލަންކާގެ އެމަޖެންސީ ފިޔަވަޅުތައް އުވާލަނީ
ލަންކާގައި އިއުލާނުކޮށްފައިވާ އެމަޖެންސީ ފިޔަވަޅުތައް ބުރާސްފަތި ދުވަހު އުވާލަނީ
ސަރުކާރުގެ ކުންފުނިތައް އަލުން ރިފޯމްކޮށް ކުންފުނިތަކުގެ ހިންގުމުގެ ކަންތައްތައް ބެލެހެއްޓުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާނެ ކަމަށް ވިކްރަމަސިންގހަ ވިދާޅުވި
އޮގަސްޓް 18 ވަނަ ދުވަހަށް ފަހު އެ ފިޔަވަޅުތަކަށް ނިމުމެއް ގެންނަވާނެ ކަމަށް ވިކްރަމަސިންގހަ ވިދާޅުވި
ވިކްރަމަސިންގހަ ވަނީ އެމަޖެންސީ ފިޔަވަޅުތައް އިތުރު މުއްދަތަކަށް އިއުލާނުކުރެއްވުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާކަމަށް ވިދާޅުވެފައި

ސްރީލަންކާގައި މިހާރު އިއުލާނުކޮށްފައިވާ އެމަޖެންސީ ފިޔަވަޅުތައް އިތުރަށް ދިގުނުދައްމާނެ ކަމަށް އެގައުމުގެ ރައީސް ރަނިލް ވިކްރަމަސިންގހަ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ވިކްރަމަސިންގހަ ވަނީ އޮގަސްޓް 18 ވަނަ ދުވަހު އެގައުމުގައި އިއުލާނުކޮށްފައިވާ އެމަޖެންސީ ފިޔަވަޅުތައް އިތުރަށް ދިގުނުދައްމާނެ ކަމަށް އިއުލާނުކުރައްވާފައެވެ.

އޯގަނައިޒޭޝަން އޮފް ޕްރޮފެޝަނަލް އެސޯސިއޭޝަންސް (އޯޕީއޭ)ގެ 35 ވަނަ އާންމު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ލަންކާގެ ރައީސް ވަނީ އެމަޖެންސީ ފިޔަވަޅުތައް އިތުރު މުއްދަތަކަށް އިއުލާނުކުރެއްވުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާކަމަށް ވިދާޅުވެފައެވެ. އަދި އޮގަސްޓް 18 ވަނަ ދުވަހަށް ފަހު އެ ފިޔަވަޅުތަކަށް ނިމުމެއް ގެންނަވާނެ ކަމަށް ވިކްރަމަސިންގހަ ވަނީ ވިދާޅުވެފައެވެ.

ލަންކާގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެން ވިކްރަމަސިންގހަ ވަނީ އެގައުމުގެ ހިންގުމުގެ ސިޔާސަތުތަކަށް ރަނގަޅު ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ގައުމުގެ ސިޔާސީ އަދި އިގުތިސާދީ ސިޔާސަތުތައް ވަރަށް ގާތުން ބައްލަވައި ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ވިކްރަމަސިންގހަ ވަނީ ގައުމުގެ ގާނޫނުހަދާ މަޖިލިސް ސަރުކާރަކަށް ބަދަލުކޮށް ތަފާތުކަންކަމަށް ހާއްސަ ކޮމެޓީތައް އެކުލަވާލާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތައް އަލުން ރިފޯމްކޮށް ކުންފުނިތަކުގެ ހިންގުމުގެ ކަންތައްތައް ބެލެހެއްޓުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާނެ ކަމަށް ވިދާޅުވިއެވެ. އަދި މިއިން ކޮންމެ ކޮމިޓީއަކަށްވެސް މަޖިލީހުން ބޭރުން ޒުވާން މެމްބަރުންވެސް އައްޔަނުކުރެވޭނެ ކަމަށް ވިކްރަމަސިންގހަ ވިދާޅުވިއެވެ.

މީގެ އިތުރުން ހުރިހާ ޕާޓީއެއް އެކުލެވޭ ނެޝަނަލް ކައުންސިލެއްވެސް އެކުލަވާލާނެ ކަމަށް ވިކްރަމަސިންހަ ވަނީ ވިދާޅުވެފައެވެ.

ވިކްރަމަސިންގހަ ވަނީ ލަންކާގައި މިހާރު އޮތް ވޯޓު ލުމުގެ ނިޒާމަށްވެސް ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.

އޯޕީއޭގެ މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިކްރަމަސިންގހަ ވަނީ މިބަދަލުތަކަކީ މިހާރުގެ މަޖިލީހުން ކޮންމެހެންވެސް ގެންނަންޖެހޭ ބަދަލުތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި މިބަދަލުތައް ނުގެނެސްފި ނަމަ އޯޕީއޭއަށްވެސް މިފަދަ އިތުރު ބައްދަލުވުމެއް ދެން ބޭއްވޭނެ ކަމާމެދު ޝައްކުކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް