ކ. މާލެ
|
16 އޯގަސްޓް 2022 | އަންގާރަ 17:53
ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އަލެގްރީ
ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އަލެގްރީ
ރޮއިޓާސް
އިޓާލިއަން ލީގު
ތައްޓަށް ވާދަކުރާނަމަ ބުރަކޮށް މަސައްކަތްކުރަންޖެހޭ: އަލެގްރީ
 
ޕްރީ ސީޒަންގައި ޔުވެންޓަސް މޮޅުވީ އެންމެ މެޗަކުން
 
ޔުވެންޓަސްވަނީ ލީގުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފައި

މި ސީޒަންގައި އިޓާލިއަން ލީގުގެ ތައްޓަށް ވާދަކުރަން ބޭނުންނަމަ ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހޭނެކަމަށް ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ބުނެފިއެވެ.

އަލެގްރީ ބުނީ ޕްރީ ސީޒަންގެ މެޗުތަކަށް ބަލާފައި، ޓީމުން މިފަހަރުގެ ލީގު ކާމިޔާބުކުރަން ބޭނުންނަމަ ހުރިހާ ގޮތަކުންވެސް ޓީމު ވަރުގަދަ ކުރަންޖެހޭ ކަމަށެވެ. އަދި ހުރިހާ މެޗަކުންވެސް މޮޅުވުމަށް ގަދައަޅައި މަސައްކަތްކުރުމާއި، އެއްވެސް ޓީމަކީ ބަލި ޓީމެއްގެ ގޮތުގައި ނުދެކި، ޔުވެންޓަސްގެ އެންމެ ރަނގަޅު ކުޅުން ދެއްކުމުގެ މުހިންމުކަން އަލެގްރީ ފާހަގަކުރިއެވެ.

ޕްރީ ސީޒަންގައި ޔުވެންޓަސް މޮޅުވީ އެންމެ މެޗަކުންނެވެ. ގުއާޑަލާޖަރާއާ ބައްދަލުކުރި މެޗު ޔުވެންޓަސްއިން ކާމިޔާބުކުރީ 2-0ންނެވެ. އޭގެފަހުން ބާސެލޯނާއާ ބައްދަލުކުރި މެޗު އެއްވަރުވީ 2-2ންނެވެ. ރެއާލް މެޑްރިޑް އަތުން 2-0ން ޔުވެންޓަސް ބަލިވިއިރު، އެތުލެޓިކޯ މެޑްރިޑް އަތުން ޔުވެންޓަސް ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ.

ޕްރީ ސީޒަންގެ މެޗުތަކުގައި އެދެވޭ ނަތީޖާއެއް ނުނެރެވުނުނަމަވެސް ޔުވެންޓަސްވަނީ ލީގުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. އިޓާލިއަން ލީގުގެ ފުރަތަމެ މެޗުގައި ސަސުއޯލޯގެ މައްޗަށް ޔުވެންޓަސް ކުރިހޯދީ 3-0ންނެވެ. މި މެޗުގައި ޕީއެސްޖީ ދޫކޮށް ޔުވެންޓަސްއާ ގުޅުނު އެންހެލް ޑިމާރިއާވެސް ވަނީ ލަނޑު ޖަހާފައެވެ. އަނެއް ދެލަނޑު ޖެހީ ޑުސާން ލަހޯވިޗްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް