ތަޖުރިބާގެ ދަތުރެއްގައި ކޮއްކޮމެން ޕްރީ ސްކޫލްގެ ޓީޗަރުންގެ ޓީމެއް ތުރުކީގެ އިސްތަންބޫލަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށް އެސުކޫލުން ހާމަކޮށްފި އެވެ.
އެ ސުކޫލުން ބުނީ މިއީ އަންނަ މިޑް ޓާރމް ބްރޭކްގައި ކުރުމަށް ހަމަޖެހިފައިވާ ދަތުރެއްކަމަށެވެ. މިދަތުރުގައި އިސްތަންބޫލުގެ ޕްރީ ސްކޫލްތަކަށް ޒިޔާރަތްކޮށް ތަޖުރިބާ ލިބިގަތުމާއި އިސްލާމީ ތާރީޚީ ތަންތަނަށް ވެސް ޒިޔާރަތްކުރަން ހަމަޖެހިފައިވާކަމަށް އެސްކޫލުން މައުލޫމާތުދިނެވެ.
މީގެ އިތުރުން ސައުދީ ޢަރަބިއްޔާގެ ސަރުކާރުން ދެ ޙަރަމްފުޅަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ބައްލައިލުންވެސް ހިމެނިފައިވާނެ ކަމަށް އެސުކޫލުން މައުލޫމާތުދެއެވެ.
މައްކާގެ ހެޔޮ އެދޭ ފަރާތަކުން އެސުކޫލުގެ ހުރިހާ ޓީޗަރުންނަށް، އަންނަ ޑިސެމްބަރު މަހު ޢުމްރާގެ ދަތުރެއް ދެއްވާފައިވާކަމަށް މިމަހުގެ ކުރީކޮޅު އެސުކޫލުން ވަނީ އިޢުލާންކޮށްފަ އެވެ.
އެސުކޫލުން ބުނީ މި ދަތުރުގައި ޢުމްރާ ކުރުމުގެ އިތުރުން ތަރުބަވީ ޕްރޮގްރާމެއްގައި ބައިވެރިވުމާއި މަސްޖިދުއްނަބަވީ އަށް ޒިޔާރަތްކުރުމާއި އިސްލާމީ ތާރީޚާ ގުޅުން ހުރި ތަންތަނަށް ޒިޔާރަތްކުރުން ހިމެނޭކަމަށެވެ.