ކ. މާލެ
|
16 އޯގަސްޓް 2022 | އަންގާރަ 06:58
ކެންޔާގެ އައު ރައީސަކަށް އިންތިކާބުވެވަޑައިގެންނެވި ރޫޓޯ
ކެންޔާގެ އައު ރައީސަކަށް އިންތިކާބުވެވަޑައިގެންނެވި ރޫޓޯ
ރޮއިޓާސް
ކެންޔާގެ އައު ރައީސަކަށް ވިލިއަމް ރޫޓޯ
ކެންޔާގެ އައު ރައީސަކަށް ވިލިއަމް ރޫޓޯ
ރޫޓޯއާ ވާދަ ކުރެއްވި ރައިލާ އޮޑިންގާއަށް ލިބިވަޑައިގެންނެވީ 48.5 އިންސައްތަ ވޯޓު
ރޫޓޯ އިންތިޚާބުވެވަޑައިގެންނެވީ 50.49 އިންސައްތައިގެ ވޯޓުން

ކެންޔާގެ އައު ރައީސަކަށް އެ ޤައުމުގެ ނައިބުރައީސްގެ މަގާމުގައި ހުންނެވި ވިލިއަމް ރޫޓޯ އިންތިޚާބުވެ ވަޑައިގެންފިއެވެ.

ކެންޔާގެ ރިޔާސީ އިންތިޚާބުގެ ވޯޓުގެ ނަތީޖާ އިއުލާން ކޮށްފައިވަނީ ހޯމަ ދުވަހުއެވެ. ނަތީޖާ އިއުލާން ކުރުމުން އެ ޤައުމުގެ އިލެކްޝަންގެ ސީނިއަރ އޮފިޝަލުންތަކެއް ވަނީ ނަތީޖާ ގަބޫލު ނުކުރާ ކަމަށް ބުނެފައެވެ.

ރޫޓޯ މި އިންތިޚާބު ކާމިޔާބު ކުރެއްވީ 50.49 އިންސައްތައިގެ ވޯޓުންނެވެ. ރޫޓޯއާ ވާދަކުރެއްވި ރައިލާ އޮޑިންގާއަށް ލިބިވަޑައިގެންނެވީ 48.5 އިންސައްތަ ވޯޓެވެ. އެ ޤައުމުގެ ވެރިކަމަށް އައުމަށް 50 އިންސައްތަ ވޯޓުގެ އިތުރުން އެއް ވޯޓު އިތުރަށް ލިބެން ޖެހެއެވެ.

ރޫޓޯ އަކީ ކެންޔާގެ ފަސްވަނަ ރައީސްގެ ގޮތުގައި އިންތިޚާބުވެވަޑައިގެންނެވި ބޭފުޅާއެވެ.

ކެންޔާގެ އައު ރައީސަކަށް ރޫޓޯ އިންތިޚާބުވެވަޑައިގަތްކަން އިއުލާންކުރުމުން އެ ޤައުމުގައި ދަނީ އުފާ ފާޅު ކުރަމުންނެވެ. ނަމަވެސް އިލެކްޝަންުގެ ބައެއް އޮފިޝަލުން ނަތީޖާ ގަބޫލު ނުކުރުމުންް އިދިކޮޅުގެ ބައެއް ފަރާތްތަކުން ދަނީ ހަމަނުޖެހުން އުފައްދާނެ ކަަމަށް ބުނެ އިންޒާރު ދެމުންނެވެ. އަދި އެ ޤައުމުގެ ބައެއް ސަރަހައްދުތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ،.

ވިލިއަމް ރޫޓޯ އަކީ އޭނާގެ މަސައްކަތުގެ ހަޔާތް ފެއްޓެވުމުގައި ވަރަށް އާދައިގެ މަސައްކަތް ތަކުން ފައްޓަވާފައިވާ ބޭފުޅެކެވެ. މިގޮތުން އޭނާ ފުރަތަމަ އުޅުއްވާފައިވަނީ މަގުމަތީގައި ކުކުޅު ވިއްކަވާށެވެ.

- ކޮމެންޓް