ކ. މާލެ
|
6 ސެޕްޓެންބަރ 2024 | ހުކުރު 15:33
ކެނިޔާގެ ވެރިރަށް ނައިރޯބީގައި ތެޔޮ ފީފާތަކާއި އަލިފާން ހިފާ ޑްރަމްތައް ރައްކާކުރުމަށް ބޭނުންކުރާ ވިޔަފާރި ޑިޕޯއެއްގައި އަލިފާން ނިއްވާ މީހުން މަސައްކަތްކުރަނީ
ކެނިޔާގެ ވެރިރަށް ނައިރޯބީގައި ތެޔޮ ފީފާތަކާއި އަލިފާން ހިފާ ޑްރަމްތައް ރައްކާކުރުމަށް ބޭނުންކުރާ ވިޔަފާރި ޑިޕޯއެއްގައި އަލިފާން ނިއްވާ މީހުން މަސައްކަތްކުރަނީ
ރޮއިޓާސް
ކެންޔާ ސްކޫލެއްގައި ރޯވުން
ކެންޔާގެ ސްކޫލެއްގައި ރޯވެ 17 ދަރިވަރުން މަރުވެއްޖެ
މި ހާދިސާގައި އެތައް ކުދިން މަރުވެ އެތައް ކުދިންނަށް އަނިޔާ ލިބިފައިވާއިރު، ކެންޔާ އަކީ ސްކޫލްތަކުގައި ރޯވުމުގެ ތާރީޚެއް އޮތް ގައުމެއްކަން ފާހަގަ ކުރެވެއެވެ. މިހާދިސާ ތަހުގީގުކޮށް ޒިންމާ ނަގަންޖެހޭ ފަރާތްތައް ހޯދުމަށް ކެންޔާގެ ރައީސް ވަނީ އަންގަވާފައެވެ.
ޚަބަރުގެ އޯޑިއޯ

ހުކުރު ދުވަހުގެ ފަތިހު ކެންޔާގެ މެދުތެރޭގައި ހުރި ބޯޑިންގ ސްކޫލެއްގެ ދަރިވަރުންގ ނިދާ ބައިގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތަނުގައި ނިދާފައި ތިބި 17 ފިރިހެން ކުދިން މަރުވެއްޖެކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

ކެންޔާގެ ސިޓިޒަން ޓެލެވިޜަން އާ ހަވާލާދީ ރިޕޯޓްތައް ބުނެފައިވަނީ އަލިފާނުގެ ސަބަބުން މަރުވި ކުދިން ދެނެގަންނަން ނޭނގޭވަރަށް އަނދާފައިވާ ކަމަށެވެ.

އެ ޓީވީ ޗެނަލުން ދައްކާފައިވާ މުޅި އިމާރާތް އަނދާ ހުލިވެ އިމާރާތުގެ ބައިތައް ވެއްޓިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހާދިސާ ހިނގާފައިވަނީ ނައިރޯބީގައި ޅަފުރައިގެ ކުދިންނަށް ޚާއްޞަކޮށްގެން ހިންގާ ޕްރައިމަރީ ބޯޑިންގ ސްކޫލެއްގައެވެ.

ހާދިސާގައި 14 ކުދިންނަށް އަނިޔާވެފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ސަރުކާރުގެ ތަރުޖަމާނު އިސްހާޤު މްވައުރާ ހާމަކުރި ގޮތުގައި މަރުވި ކުދިންނަކީ ގްރޭޑް 4 އާއި 8 އާ ދެމެދު ގްރޭޑްތަކުގައި ކިޔަވާ ކުދިންނެވެ. އެ ކުދިންގެ އުމުރަކީ 9 އާއި 13 އަހަރާ ދެމެދު ކަމަށާއި ހާދިސާ ހިނގިއިރު ޑޯމެޓްރީގައި 156 ދަރިވަރުން ދިރިއުޅެމުން ދިޔަ ކަމަށެވެ.

އަލިފާން ރޯވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.

ރައީސް ވިލިއަމް ރުޓޯ ވިދާޅުވެފައިވަނީ މި "ބިރުވެރި ހާދިސާ" ތަޙުޤީޤުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށާއި، ޒިންމާވާންޖެހޭ ފަރާތްތަކުން ޒިންމާ ނަގަންޖެހޭނެ ކަމަށެވެ.

ކެންޔާ އަކީ ސްކޫލްތަކުގައި އަލިފާން ރޯވުމުގެ ހާދިސާތައް ހިނގާފައިވާ ތާރީޚެއް އޮތް ގައުމެކެވެ. އޭގެ ތެރެއިން ގިނަ ހާދިސާތަކަކީ ގަސްތުގައި ރޯކުރި އަލިފާނުގެ ހާދިސާތައް ކަމަށް ރިޕޯޓްތައް ބުނެއެވެ.  

2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވެރިރަށް ނައިރޯބީގައި ހުރި ސްކޫލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 9 ދަރިވަރުން މަރުވިއެވެ. އެއީ ގަސްތުގައި ރޯކުރި އަލިފާނެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

2001 ވަނަ އަހަރު، ނައިރޯބީން ބޭރުގައި ހުންނަ ކިޔަންގުލީ ސެކަންޑަރީ ސްކޫލުގެ ދަރިވަރުންގެ ޑޯމެޓްރީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 58 ފިރިހެން ދަރިވަރުން މަރުވިއެވެ. 2012 ވަނަ އަހަރު، ކެންޔާގެ ހުޅަނގު ސަރަޙައްދުގައި އޮންނަ ހޯމާ ބޭ ކައުންޓީގައި ހުރި ސްކޫލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 8 ދަރިވަރުން މަރުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް