Advertisement
ކ. މާލެ
|
15 އޯގަސްޓް 2022 | ހޯމަ 18:22
އަލިފާނުގެ ހާދިސާ ހިނގި ގެ
އަލިފާނުގެ ހާދިސާ ހިނގި ގެ
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
ހުޅުމާލެ ފޭސް 1ގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެނީ
ހާދިސާގެ ރިޕޯޓް ލިބުނީ ހޯމަ ދުވަހުގެ 14:09 ހާއިރު
ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްނުވޭ

ހުޅުމާލެ ލޮޓް 11252ގެ 4އޭ އެޕާޓްމަންޓުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން، އެ ގޭގައި ދިިިރިއުޅޭ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވެސް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

Advertisement

މި އަލިފާނުގެ ހާދިސާގެ ރިޕޯޓް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް)އަށް ލިބުނީ ހޯމަ ދުވަހުގެ 14:09ހާއިރުއެވެ.

އަލިފާނުގެ ހާދިސާ ހިނގި ގެ

ބަދިގޭގައި އުދާފައިހުރި ތެއްޔެއްގައި ހުޅުހިފައި ރޯވި އަލިފާންގަނޑު 14:21ހާއިރު ނިއްވާލާފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް