Advertisement
ކ. މާލެ
|
13 އޯގަސްޓް 2022 | ހޮނިހިރު 11:42
ކައުންސިލްތަކުގެ ބައި އިލެކްޝަން ކުރިއަށްދަނީ
ކައުންސިލްތަކުގެ ބައި އިލެކްޝަން ކުރިއަށްދަނީ
އިލެކްޝަންސް ކޮމިޝަން
ގާދިއްފުއްޓާއި ދިއްގަރު ކައުންސިލްގެ ބައި އިލެކްޝަ
ގާދިއްފުއްޓާއި ދިއްގަރު ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިޔަށް ދަނީ
ގާދިއްފުށީ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް ތިން މީހަކު ވާދަކުރޭ
ދިއްގަރު ގޮނޑިއަށް ވާދަކުރަނީ ދެ ކެނޑިޑޭޓުން
ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4:00 އަށް

ތ. ގާދިއްފުއްޓާއި މ. ދިއްގަރުގެ ރަށު ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިގެން ކުރިޔަށް އެބަދެއެވެ.

މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ގައެވެ. އިންތިޚާބުގެ ވޯޓުލުން ގާދިއްފުއްޓާއި ދިއްގަރުގެ އިތުރުން މާލޭގައި ވެސް ކުރިއަށްދާނެއެވެ.

މި އިންތިޚާބުގައި ދެ ރަށުގެ ވޯޓު ފޮށިތައް ވެސް މާލޭގައި ބަހައްޓާފައިވަނީ އިއްޒުއްދީން ސްކޫލުގައެވެ. އަދި ދެ ރަށުގެ ވޯޓު ފޮށިތައް ބަހައްޓާފައިވަނީ އެ ދެ ރަށުގެ ސްކޫލްތަކުގައެވެ.

Advertisement

މި އިންތިޚާބުގެ ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެއެވެ.

މި އިންތިޚާބުގައި ދިއްގަރު ކައުންސިލްގެ ގޮނޑިއަށް ވާދަ ކުރަނީ އެމްޑީޕީގެ ފަރާތުން އަބްދުﷲ އާރިފު އާއި ޕީޕީއެމްގެ ކެނޑިޑޭޓް އަބްދުލްހަންނާނު އަހުމަދުއެވެ.

ގާދިއްފުށީ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ތިން ކެނޑިޑޭޓެއް ވާދަ ކުރެއެވެ. އެއީ ޕީޕީއެމްގެ ކެނޑިޑޭޓް ހައްވާ އަބްދުލްހާދީ އާއި އެމްޑީޕީގެ ކެނޑިޑޭޓް ޒުލައިޚާ އަހުމަދު އާއި އެމްއާރުއެމްގެ ކެނޑިޑޭޓް ފާތިމަތު މަލްދާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް