ކ. މާލެ
|
12 އޯގަސްޓް 2022 | ހުކުރު 21:12
ސަލްމާން ރުޝްދީއަށް ހަމަލާދިނުން
ސަލްމާން ރުޝްދީއަށް ހަމަލާދިނުން
އޭޕީ
ސަލްމާން ރުޝްދީއަށް ހަމަލާ ދިނުން
އިސްލާމް ދީނަށް ފާޑު ކިޔާ ލިޔުންތެރިޔާ ސަލްމާން ރުޝްދީއަށް ހަމަލާދީ ޒަހަމް ކޮށްލައިފި
ސަލްމާން ރުޝްދީ ލިޔުނު ފޮތާ ގުޅިގެން އީރާނުން އޭނާ މަރާލަންވެސް ފަތުވާއެއް ނެރުނު
ސަލްމާން ރުޝްދީ ވަނީ ދީނަށް ފާޑުކިޔައި އެކި ލިޔުންތައް ލިޔެފައި

އިސްލާމްދީނަށް ފާޑުުކިޔައި ގިނަ ލިޔުންތަކެއް ލިޔެފައިވާ ލިޔުންތެރިޔާ، ސަލްމާން ރުޝްދީއަށް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

އޭނާއަށް ހަމަލާ ދީފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެމެރިކާގެ ޝަޓޯކުވާ އިންސްޓިޓިއުޝަން ގައި ލެކްޗަރއެއް ދިނުމަށް ސްޓޭޖުގައި ހުއްޓައެވެ. މަންޒަރު ދުށް ފަރާތްތަކުން ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ލެކްޗަރ ދޭން އޭނާގެ ނަން ގޮވުމުން އޭނާ ސްޓޭޖަށް އެރި ވަގުތު މީހަކު ގޮސް ވަނީ އޭނާގައިގައި ތަޅާ ވަޅިއެއް ކަހަލަ ތޫނު އެއްޗަކުން ހަމަލާ ދީފައެވެ.

ސަލްމާން ރުޝްދީ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާގެ ހާލަތު އަދި އާއްމު ކޮށްފައެއް ނުވެއެވެ.

އޭނާއަށް ހަމަލާ ދިން މީހާ ވަނީ މިހާރު ހައްޔަރު ކޮށްފައެވެ. ހަމަލާދިން ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ސަލްމާން ރުޝްދީ މަޝްހޫރުވެެފައިވަނީ އިސްލާމް ދީނަށް ފާޑު ކިޔައި އޭނާ ލިޔެފައިވާ "ދަ ސެޓޭނިކް ވަރސަސް" އާއި ގުޅިގެންނެވެ. އިސްލާމީ ބައެއް ޤައުމުތަކުގައި މި ފޮތް މަނާ ކޮށްފައިވާއިރު 1980 ގައި މި ފޮތާއި ގުޅިގެން އީރާނުން ވަނީ އޭނާ މަރާލަން ޖެހޭ ކަމަށް ބުނެ ފަތުވާއެއް ވެސް ނެރެފައެވެ. މި ފޮތާއި ގުޅިގެން މަރާލާނެ ކަމުގެ އިންޒާރުތައް އެކި ފަހަރުމަތިން ލިބިފައިވާ ކަމަށް އޭނާ ވެސް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް