ކ. މާލެ
|
12 އޯގަސްޓް 2022 | ހުކުރު 14:01
އަބްދުﷲ ރިޔާޒް ނޫސްވެރިންނާއި ވާހަކަދައްކަވަނީ
އަބްދުﷲ ރިޔާޒް ނޫސްވެރިންނާއި ވާހަކަދައްކަވަނީ
ސަމާހު
އެމްއެމްޕީއާރުސީގެ ޚިޔާނާތް
އެމްއެމްޕީއާރުސީ ޚިޔާނާތް ހިންގީ ރައީސް ޔާމީން ދައުލަތް ބޭނުން ކުރައްވައިގެން: ރިޔާޒް
ރައީސް ޔާމީން އަށް ދެވަނަ ދައުރެއް ދޭކަށް ނުޖެހޭ: ރިޔާޒް
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ އަކީ ސެލެކްޓިވް ޖަސްޓިސްގެ އަމަލެއް: ރައީސް ޔާމީން

އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިންގާފަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ ބައިވެރިވުމާ އެކު މުޅި ދައުލަތް ބޭނުންކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީން ވަނީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ މީހުން ޖަލަށްލުމުގެ ބަދަލުގައި ބައްލަވާނީ އެމްއެމްޕީއާރްސީގެ ފައިސާ އަނބުރާ ހޯދޭތޯ ކަމަށް ވިދާޅުވެފައެވެ. އެކަމާއި ގުޅޭ ގޮތުން ލިޔެފައިވާ ޚަބަރެއް ރީޓުވީޓްކުރައްވާ ރިޔާޒް ވިދާޅުވީ ރައީސް ޔާމީން އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގެވުމުގައި ބައިވެރިވަޑައިގަންނަވާފައި ވާތީ، މިސަބަބަށްޓަކައި އެކަނިވެސް 2 ވަނަ ދައުރެއް ރައީސް ޔާމިނަށް ދޭންނުޖެހޭ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އެމަނިކުފާނުގެ ބައިވެރިވުމެއް ނެތް ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވާފައެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގުކުރަން ފެށީ ރައީސް ޔާމީންގެ ޒައާމަތުގައި ކަަމަށް ވާއިރު، އެފަދަ ކަމެއް ކުރެއްވި ނަމަ އެ ތަހުގީގުކުރައްވަންވީ ކޮން ސަބަބަކާއި ހުރެތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މިއީ ސިޔާސީ ބޭނުމަށް ހިންގާ ޝަރީއަތެއް ކަމަށް ވެސް ރައީސް ޔާމީން ވަނީ ތުހުމަތުކުރައްވާފައެވެ.

2023 ވަނަ އަހަރު ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ދައުލަތުން ގެއްލިފައިވާ ފައިސާ އަލުން ދައުލަތަށް ހޯދައި ދެއްވާނެ ކަމަށާއި އެކަން ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެ މަސައްކަތް ކުރައްވާނެ ސީދާ ގޮތެއް ހާމައެއް ނުކުރައްވައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާވެސް ވަނީ ކޮށްފައެވެ. އެގޮތުން އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަނީ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.

- ކޮމެންޓް