ކ. މާލެ
|
12 އޯގަސްޓް 2022 | ހުކުރު 09:53
ފަންނުވެށި ޕްރޮގްރާމުގެ ތެރެއިން
ފަންނުވެށި ޕްރޮގްރާމުގެ ތެރެއިން
އެޑިއުކޭޝަން މިނިސްޓްރީ
ފަންނުވެށި
ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި އިފްތިތާހުކޮށްފި
 
ފަންނުވެށީގެ ދަށުން 4 ޕްރޮގްރާމެއް އިފްތިތާހުކޮށްފައިވޭ
 
މިއީ ތައުލީމުގެ ގާނޫނުގެ ދަށުން ރަސްމީ ތައުލީމުގެ ތެރެއިން ވޮކޭޝަނަލް އެޑިއުކޭޝަން ތައާރަފްކުރުމުގައި އެޅުނު ފުރަތަމަ ފިޔަވަޅު

ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ހިމެނޭހެން ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތައުލީމާއި ތަމްރީނު ދިނުމަށްޓަކައި ގާއިމްކުރާ ހަބް ސްކޫލްތަކުގެ ތެރެއިން ހުނަރާއި އީޖާދުގެ މަރުކަޒު ފަންނުވެށި އިފްތިތާހުކޮށްފިއެވެ.

ފަންނުވެށި އިފްތިތާހުކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމެވެ. ފަންނުވެށި"އަކީ، ދިވެހިރާއްޖޭގެ ތަޢުލީމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ހުރިހާ ކުދިން ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ވޮކޭޝަނަލް އެޑިއުކޭޝަން ފޯރުކޮށްދިނުމަށް ތަރައްޤީކޮށްފައިވާ މަރުކަޒެކެވެ.

މީގެ އިތުރުން ތައުލީމުގެ ގާނޫނުގެ ދަށުން ރަސްމީ ތައުލީމުގެ ތެރެއިން ވޮކޭޝަނަލް އެޑިއުކޭޝަން ތައާރަފްކުރުމުގައި އެޅުނު ފުރަތަމަ ފިޔަވަޅެވެ.

ފަންނުވެށީގެ ދަށުން އިފްތިތާހުކުރެވިގެން ދިޔަ 4 ޕްރޮގްރާމަކީ، ކެއްކުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ކައްކާވަތި، ބިއުޓީ ތެރަޕީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ނަލަވަތި، ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ޓެކްވަތި، އަދި ފެހުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ފަހާވަތި ޕްރޮގްރާމެވެ. މީގެ އިތުރުުން ވެސް މުސްތަގުބަލުގައި އިތުރު ފަންނުތައް ދަސްކޮށްދިނުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ފަންނުވެށިން ދަސްވެނިވާ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ސެޓްފިކެޓް ލެވެލް 3ގެ ސަނަދާއެކު ދަސްވެނިވާ ދަރިވަރުންނެވެ. އަދި މި ވެށީގައި އުނގެނޭ ދަރިވަރުންނަށް މި ހުނަރާއި ފަންނު އިތުރަށް ތަރައްގީކުރުމަށްޓަކައި އަމަލީގޮތުން ވެސް މަސައްކަތްކުރަނެ ފުރުސަތު ލިބިގެންދާނެއެވެ.

ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް ގެނެވުނު މި އިންގިލާބީ ބަދަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިމާދުއްދީން ސްކޫލުގައެވެ. ފަންނުވެށި ތަރައްގީކުރުމުގައި އަމިއްލަ ފަރާތްތަކާއި ކުންފުނިތައްކަމަށްވާ އެޓްމޮސްފިއަރ ފައުންޑޭޝަން އަދި އީވް ގާމެންޓެސްގެ އެހީތެރިކަން ލިބިފައިވެއެވެ.

އިމާދުއްދީން ސްކޫލަކީ، 2004 ވަނަ އަހަރުން ފެށިގެން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ޚާއްޞަ ކުލާސްތަކެއް ހިންގަމުން އަންނަ ސްކޫލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި