ކ. މާލެ
|
10 އޯގަސްޓް 2022 | ބުދަ 22:01
ހަނިމާދޫ އެއާޕޯޓުގެ ތަސައްވުރު
ހަނިމާދޫ އެއާޕޯޓުގެ ތަސައްވުރު
ސޯޝަލް މީޑިއާ
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް
ހދ.ހަނިމާދޫގައި އެއާޕޯޓް ތަރައްގީ ކުރުމަށް ބަޔަކާއި ހަވާލުކޮށްފި
މަސައްކަތް ހަވާލު ކުރީ 136,625,386.44 ޑޮލަރުގެ އަގަކަށް
މަސައްކަތް ހަވާލުކުރަން ނިންމީ އިންޑިއާގެ ޖޭއެމްސީ އާއި
މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީއަށް ދިނުމަށް ނިންމައިފިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީ އާއި އެކު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މި މަޝްރޫޢު އެ ކުންފުންނާއި ހަވާލުކުރަން ނިންމާފައި ވަނީ ސަތޭކަ ތިރީސް ހަ މިލިއަން ހަ ލައްކަ ފަންސަވީސް ހާސް ތިން ސަތޭކަ އަށްޑިހަ ހަ އެމެރިކާ ޑޮލަރު، ސާޅީސް ހަތަރު ސެންޓް އަށެވެ. ( 136,625,386.44 )

އިކޮނޮމިކް މިނިސްޓްރީއިން ވިދާޅުވިގޮތުގައި ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި 2,460 ކިލޯ މީޓަރުގެ އާ ރަންވޭއެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މަޝްރޫޢުގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލް އެއް އިމަރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެ އެއާޕޯޓް ތަރައްޤީ ކުރާ އިރު ބައިނަލްއަގުވާމީ ދަތުރުތައް ފުޅާ ކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމު ކުރާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ހަމައެހެންމެ މި މަޝްރޫޢުގެ ދަށުން 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުން ކުރާ އެއަރބަސް A320 އާއި ބޮއިންގް 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ލިބިގެންދާނެއެވެ، މިގޮތުން މި މަޝްރޫޢު އާއި އެކު މެދުއިރުމައްޗާއި ދެކުނު އޭޝިއާ، ދެކުނު އިރުމަތީ އޭޝިއާއާއި އިތުމަތީ އެފްރިކާގެ ގައުމުތަކުން ހަނިމާދޫ އަށް ސީދާ ފްލައިޓްތައް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބިގެންދާނެކަން ފާހަގަކޮށްލެވެއެވެ.

- ކޮމެންޓް
10 އޯގަސްޓް 2022 | ބުދަ 22:11
އާކިޓެކްޓް
ބީ ޕްރެކްޓިކަލް.. ކޮންމެހެން ރީއްޗަށް އެކަނި ބަލައިގެން ތަންތަން ހަދާކަށް ނުފެނޭ. ހުޅުލޭ އެއަރޕޯޓުގައި ޓެކްސީ ކިޔޫ ގައި މި ހުޅަނގު މޫސުމުގެ އެންމެ ދުވަހަކުވެސް ނުތެމި ނުހުރެވޭ. ކިހިނެއް ކޮށްފަ އޮތް ޑިޒައިނެއް އެއީ. އަވިން ހިޔާ ވިޔަސް ވާރެއަށް ބަލަން ވާނެ. އަދި ހިުާގަޑުން އަންނަ ވާރޭ ފެން ފައިބާނެ ގޮތެއްވެސް އޮންނަން ވާނެ. ސ