ކ. މާލެ
|
10 އޯގަސްޓް 2022 | ބުދަ 21:26
ރާއްޖެ އެމްވީ ކުއްލި ހަބަރު
ރާއްޖެ އެމްވީ ކުއްލި ހަބަރު
ސިއްރު ފެންފުށީގައި އަލިފާނުގެ ހާދިސާ އެއް ހިނގުން
ސިއްރު ފެންފުށީގެ ވިލާއެއްގައި ރޯވެއްޖެ

ސިއްރު ފެންފުށި ރިސޯޓްގެ ވިލާއެއްގައި އަލިފާން ރޯވެއްޖެއެވެ.

މިކަމާއި ގުޅޭ ގޮތުން އެމްއެންޑީއެފްގެ ތަރުޖަމާން ވިދާޅުވީ ސިއްރު ފެންފުށީގެ ވޯޓަރ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ މިރޭގެ 19:44 އެހާއިރު ކަމަށެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފްގެ ނޮދަން އޭރިއާ، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން އަލިފާން ނިއްވުމަށް ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައި ވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް އައި އިރު ސާފު ވެފައެއް ނުވެއެވެ. އަދި މިކަމާއި ގުޅޭ އިތުރު ތަފްސީލް ވެސް އަދި ކަމާއި ބެހޭ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

މިޚަބަރާއި ބެހޭގޮތުން އެންމެ ފަހުން މައުލޫމާތު ލިބިފައިވާ ގޮތުގައި،

ސިއްރު ފެންފުށީގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައެވެ. އަލިފާންގަނޑު ނިއްވާލިކަން އެމްއެންޑީއެފްއިން ހާމަކުރީ މިރޭ 10 ޖަހާ އެހާކަށް ހާއިރެވެ. އެމްއެންޑީއެފް އިން ބުނީ ށ.އަތޮޅު ސިއްރު ފެންފުށީ ރިސޯޓްގެ ވޯޓަރ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން އެރަށަށް ދިއުމަށް ހަރަކާތްތެރިވަމުން ދަނިކޮށް، ރޯވެފައިވާ އަލިފާން ކޮންޓްރޯލްކުރެވިއްޖެ ކަމަށް އެ ރިސޯޓުން ނޮދަން އޭރިއާ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް އެންގުމުން ކުޅުދުއްފުށީ ފަޔަރ ސްޓޭޝަން ގެ ޓީމު ރިސޯޓަށް ދިއުންވަނީ މަޑުޖައްސާލާފައި ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
36%
7%
21%
14%
0%
21%
ކޮމެންޓް